އަދާލަތު ޕާޓީ އަށާއި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް ޖުމްހޫރީ ޕާޓީން މިމަހުގެ 13 ވަނަ ދުވަހު "ދީނާއި ގައުމުގެ ދިފާއުގައި" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު ދީފިއެވެ.
އަންނަ މަހު އޮންނަ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބަށް ކެމްޕޭނު ފެށުމުގެ ގޮތުން ޖުމްހޫރީ ޕާޓީން ބާއްވާ ޖަލްސާއަށް އަދާލަތާއި އެމްއާރުއެމަށް ދައުވަތު ދީފައިވާއިރު ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ހަމަ މިންވަރާއި ދޭންޖެހޭ މިންވަރު "ރަނުންރަނަށް" ދޭނެ ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ސެކްރަޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު މިއަދު ލިބިފައިވާ ކަމަށެވެ.