ކުރިއަށް އޮތް ރޯދަމަހަށް މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ މަސައްކަތް ހަވާލުކޮށްފިއެވެ.
އެއް މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.
ރޯދައަށް މިސްކިތްތައް މަރާމާތުކުރުމަށް ހަރަދު ކުރަނީ މިސްކިތު ފަންޑުން ނެވެ.
މާލޭގެ ބައެއް މިސްކިތްތަކުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިއުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ މާލެ ސިޓީ ކައުންސިލް އިދާރާއާ، ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން#MVIaffairs pic.twitter.com/Wfbv8B7Hwc
— Ministry of Islamic Affairs (@MVIaffairs) March 5, 2020