ކޮރޯނާ ވައިރަސް ހެދުމުގަ 9 ގަޑިއިރު އަތްތިލައިގަ ދިހަ މިނިޓް ދިރިއުޅޭ! ޙައްލަކީ ހަމަ ސާފުތާހިރުކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކޮރޯނާ ވައިރަސް ހެދުމުގަ 9 ގަޑިއިރު އަތްތިލައިގަ ދިހަ މިނިޓް ދިރިއުޅޭ! ޙައްލަކީ ހަމަ ސާފުތާހިރުކަން!

ކޮރޯނާ ވައިރަސްއަށް ވައިގެތެރެއަކު ނުއުޅެވެއެވެ. ނަމަވެސް "މެޓަލް ސަރފަސް" ގަ 12 ގަޑިއިރު އުޅެއެވެ. ވީމާ ތެލިތަށީގައިވެސް 12 ގަޑިއިރު އުޅޭނެއެވެ. ބަދިގޭ ކަބަޑުސެޓާއި އެނޫންވެސް ތަންތަނުގައި 12 ގަޑިއިރު އުޅޭނެއެވެ.

މިވަރުން ފުދެނީއެއް ނޫނެވެ. ފޭރާމުގައި 9 ގަޑިއިރު މަރުނުވެ އުޅެއެވެ. ގަދައަވީގައި ނަމަ 2 ގަޑިއިރު އުޅެއެވެ.

ދެން މިއޮތީ އެންމެ ބޮޑު ކަންތަކެވެ. އަތްތިލައިގައި 10 މިނިޓްވަންދެން އުޅެއެވެ.

ޙައްލަކީ ހަމަ ގިނައިން އަތްދޮވުމެވެ. ގެއިން ބޭރުގައި އުޅުއްވާއިރު ޖީބުގައި އެންޓިސެޕްޓިކް ވެޓް ޓިޝޫ ފަދަ އެއްޗެއް ގެންގުޅުއްވާށެވެ! ގޭގައި އުޅުއްވާއިރުވެސް ގިނަގިނައިން އެންޓިސެޕްޓިކް ބޭނުންކުރައްވައިގެން އަތް ދޮންނަވާށެވެ! އަތްސާކުރައްވާށެވެ!

ނިޔަފަތުތަށް ކަނޑާށެވެ! ނިޔަފަތިތަކުގެ ދަށް ރަނގަޅަށް ސާފުކުރާށެވެ. ދެއިނގިލި ދޭތެރެ ވެސް ވަރަށް ރަނގަޅަށް ސާފުކުރާށެވެ!

ހަމައެއާއިއެކު އަވަސްއަވަހަށް ހެދުން ބަދަލުކުރުމާއި ބެކްޓީރިއާ މަރާ ޒާތުގެ ރަނގަޅު ދޮންނަ ސާމާނު ބޭނުންކޮށްގެން ދޮވުން ވަރަށް މުހިންމެވެ.

 

މިއަދު އޮންލައިން