ޙީލަތްތެރިކަމާއެކު އިސްލާމް ދީނުގެ އަސާސްތަކާ ދެކޮޅަށް މަސައްކަތްކުރާ މީހުންނާމެދު ސަމާލުވެ ތިބެން ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ޙީލަތްތެރިކަމާއެކު އިސްލާމް ދީނުގެ އަސާސްތަކާ ދެކޮޅަށް މަސައްކަތްކުރާ މީހުންނާމެދު ސަމާލުވެ ތިބެން ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފި

މަކަރުވެރިކަމާއި ޙީލަތްތެރިކަމާއިއެކު އިސްލާމް ދީނުގެ އަސާސްތަކާ ދެކޮޅަށް މަސައްކަތްކުރާ މީހުންނާއިމެދު ސަމާލުވެ ތިބުމަށް ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފިއެވެ.

"އިސްލާމް ދީނަށް އިޙްތިރާމްކުރާކަމަށް ބުނަމުން އެދީނުގެ އަސާސްތަކާއި ދެކޮޅަށް ވާހަކަ ދައްކައި މަސައްކަތްކުރާ މީހުންނާއިމެދު ރައްޔިތުން ސަމާލުވެ ތިބެން ޖެހެއެވެ. ޙީލަތްތެރިކަމާއި މަކަރުވެރިކަމާއިއެކު މިމީހުންގެ ބޭނުމަކީ ރާއްޖޭގައި އޮތް އިސްލާމީ ޘަޤާފީ ފޭރާން ފުނޑައިލުމެވެ." –ޝައިޚް ޢަލީ ޒައިދު

ދިވެހިރައްޔިތުން އިސްލާމް ދީނާއި ދުރުކުރަން ފައުޅުގައި މަސައްކަތްތަކެއް ކުރަމުން ގެންދިއުމުގެ އިތުރުން ކަނޑުއަޑީގައި އަޅާ ދުނިޔޭގެ ފުރަތަމަ ކެސިނޯ ބޮޑުމޮހޮރާގައި އަޅާނެ ކަމުގެ ޚަބަރުތަކެއްވެސް މިހާރުވަނީ ފެތުރިފައެވެ.

މިއަދު އޮންލައިން