ޚަބަރުގައިއެވަނީ ވަރަށް ތުއްތު ކުއްޖަކު ވަރަށް ރިވެތިކޮށް މުލްކް ސޫރަތް ކިޔަވާ ވީޑިއޯއެކެވެ. ރާއްޖޭގައިވެސް މިފަދަ ޤާބިލު ތުއްތު ކުދިން ބައިވަރެވެ. މިއަދުނޫހުން އެދެނީ އެކުދިންގެ ޤާބިލުކަން ދުނިޔެއަށް ފަތުރައިލުމުގެ ފުރުޞަތު މިއަދުނޫހަށް ދެއްވުމެވެ.
އެފަދަ ކުދިންގެ ބެލެނިވެރިން މިއަދުނޫހަށް އަންގަވައިލެއްވުމުން ރެކޯޑްކޮށް ދެން ކުރަން ހުރި މަސައްކަތް މިއަދުނޫހުން ކުރާނަމެވެ! އިން ޝާ ﷲ
ދުނިޔޭގެ މީޑިއާ ވަސީލަތްތަކުން މިފަދަ ވީޑިއޯތައް ޢާންމުކުރަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. އެކަމުގެ ސަބަބުން ރިވެތިކޮށް ޤުރްއާން ކިޔެވުމުގެ ޝައުޤުވެރިކަން ކުދިންގެ މެދުގައި އިތުރުވެގެންދެއެވެ. އަދި ކިޔަވާ ކުއްޖާއަށް ކުރިއަށް ދިއުމުގެ ޝައުޤުވެރިކަން އިތުރުވެއެވެ. ﷲ ގެ ކަލާމްފުޅު މަތިވެރިކުރުމުގައި އެންމެން ބައިވެރިވަމާތީއެވެ!
މިއަދުނޫހުގެ ފޭސްބުކުގައިވެސް މި ނަމްބަރު 7788020 އިންނާނެއެވެ. އެސްއެމްއެސް އެއް ނަމަވެސް ކޮށްލަ ދެއްވާށެވެ!