ހެލްތް މިނިސްޓްރީގެ ވިހި ޕްރޮޖެކްޓެއް ކައުންސިލްތަކާ ހަވާލުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހެލްތް މިނިސްޓްރީގެ ވިހި ޕްރޮޖެކްޓެއް ކައުންސިލްތަކާ ހަވާލުކޮށްފި!

ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ހެލްތު މިނިސްޓްރީގެ ޕްރޮޖެކްޓްތަކެއް ހިންގުން ކައުންސިލުތަކާއި ހަވާލުކޮށް އެކަމުގައި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މިއަދު މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ހެލްތު މިނިސްޓްރީގެ ޕްރޮޖެކްޓްތައް ހިންގަން ކައުންސިލްތަކަށް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. މާރަންދޫ، ހއ. ފިއްލަދޫ، ހއ. ވަށަފަރު، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު، ރ. ވާދޫ، އއ. ފެރިދޫ، އދ. ދިގުރަށް، އދ. ދަނގެތި، މ. މުލައް، ލ. މާމެންދޫ، ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ފިޔޯރީ، ގދ. މަޑަވެލި އަދި ސ. ހުޅުދޫ އެވެ.

މި މަޝްރޫއުތަކަށް އިއުލާނުކޮށް ޓެންޑަރިން ޕްރޮސެސް ކުރިއަށް ގެންގޮސް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް މަސައްކަތް ކުރިއަށް ގެންދާނީ ވެސް ސީދާ ކައުންސިލްތަކުން ކަަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން