އިސްލާމީ ތާރީޚުގައި 40 ފަހަރު މަތިން އެކި ސަބަބުތަކާހުރެ ޙައްޖުގެ އަޅުކަން ހުއްޓުވުނު!: ޝައިޚް އިލްޔާސް ޖަމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިސްލާމީ ތާރީޚުގައި 40 ފަހަރު މަތިން އެކި ސަބަބުތަކާހުރެ ޙައްޖުގެ އަޅުކަން ހުއްޓުވުނު!: ޝައިޚް އިލްޔާސް ޖަމާލް

"އިސްލާމީ ތާރީޚުގައި 40 ފަހަރު މަތިން އެކި ސަބަބުތަކާހުރެ ޙައްޖުގެ އަޅުކަން ހުއްޓުވުނެވެ.  މިފަހަރު ކޮރޯނާ ވައިރަސްގެ ސަބަބުން ވާނީ ކިހިނެއްބާ؟  

ޔާ ﷲ! މި ނުރައްކާ ވަބާއިން އިސްލާމީ އުއްމަތާއި މުޅި ދުނިޔެ ސަލާމަތް ކުރައްވާށި! އާމީން"—ޝައިކް އިލްޔާސް ޖަމާލް  

ޝައިޚް އިލްޔާސް ޖަމާލް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ މިހާރު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ޢުމުރާވުމަށް ސައުދިޢަރަބިޔާއަށް ދިއުން ހުއްޓުވާފައިވާތީއެވެ.  

ހިނގަމުން މިދަނީ ރަޖަބް މަހެވެ. އެންމެ ގިނަ ބައަކު ޢުމުރާއަސް ދާން ބޭނުންވާނީ 2 މަސް ދުވަސް ފަހުން ފެށޭ ބަރަކާތްތެރި ރަމަޟާން މަހުއެވެ! ދުޢާއަކީ މި ނުރައްކައުތެރިވަބާއިން ދުނިޔެއަށް ސަލާމަތްކަން ލިބި ޢުމުރާއަށް ދެވޭނެ މަގު ވީހައި އަވަހަކަށް ފަހިވެގެންދިއުމެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރަން ހުރަސް އެޅޭނެ އެއްވެސް ގޮތަކަށް ކަންކަން މެދުވެރި ނުކުރެއްވެވުމެވެ! އާމީން 

 

މިއަދު އޮންލައިން