ކޮރޯނާ ވައިރަސް އާއި ގުޅިގެން ޖަޕާންގެ ސްކޫލްތައް ބަންދުކޮށްފި!

ކިޔުމަށް ހޭދަވާނީ 46ސ
ކޮރޯނާ ވައިރަސް އާއި ގުޅިގެން ޖަޕާންގެ ސްކޫލްތައް ބަންދުކޮށްފި!

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޮނާ ވައިރަސް (ކޮވިޑް 19) އާއި ގުޅިގެން، ޖަޕާންގެ ހުރިހާ ސްކޫލެއް ބަންދުކުރަން ނިންމައިފިއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ހުރިހާ ސްކޫލްތަކެއް ބަންދުކުރަން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މިއަދު ވަނީ އަންގާފައެވެ.

މިއީ ދަރިވަރުންގެ ސިއްހީ ސަލާމަތަށްޓަކާ އެޅި ފިޔަވަޅެއް ކަމަށާއި އަދި މިއީ ގިނަ ބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް އަބޭ ވިދާޅުވިއެވެ.

ޖަޕާނުގެ 34،847 ސްކޫލެއްގައި 12.8 މިލިއަން ދަރިވަރުން ތައުލީމު ހާސިލުކުރަމުން ދެއެވެ.

މިފަދަ ފިޔަވަޅެއް ޖަޕާނުން މިއަދު އަޅާފައިވާއިރު އެޤައުމުން މިހާތަނަށް ވަނީ މި ބައްޔަށް 800 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ. އަދި ހަތް މީހަކު މިބަލީގައި ޖަޕާނުން މަރުވެފައިވެއެވެ.

ޗައިނާ ފިޔަވައި ދެން މި ބަލި ޖެހިފައިވާ މީހުން އެންމެ ގިނަ އަދަދަކަށް ފެނިފައިވަނީ ވެސް ޖަޕާނުންނެވެ.

މިއަދު އޮންލައިން