"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ!

"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އިން އެދިއްޖެއެވެ.

މިކަމާގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ބޭނުންވާތީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތަކުން މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރަން ވަނީ އެދިފައެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިބް ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި، މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގާ ދިން ލިޔުމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހޭނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން މާޗު މަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުރިހާ ލިޔުންތަކެއް ހުށަހަޅަން ހައުސިން މިނިސްޓްރީއަށް ވަނީ އެދިފައެވެ.

 

 

މިއަދު އޮންލައިން