ކޮރޯނާ ވައިރަސް ޖެހިގެން އިޓަލީން އިތުރު މީހަކު މަރުވެއްޖެ!

ކިޔުމަށް ހޭދަވާނީ 49ސ
ކޮރޯނާ ވައިރަސް ޖެހިގެން އިޓަލީން އިތުރު މީހަކު މަރުވެއްޖެ!

ނުރައްކާތެރި ކޮރޯނާވައިރަސް، ކޯވިޑް-19 ޖެހިގެން އިޓަލީވިލާތުގައި ދެވަނަ މީހަކު މަރުވެއްޖެއެވެ.

އެޤައުމުގެ ޞިއްޙީ އިދާރާތަކާ ޙަވާލާދީ އެޤައުމުގެ ނޫހެއްގައި ބުނެފައިވަނީ މިލާންގެ ލަމްބާޑީ ސަރަޙައްދުގައި ވައިރަހުގެ ސަބަބުން 77 އަހަރުގެ އަންހެނަކު މަރުވެފައިވާކަމަށެވެ. އެމީހާ މަރުވެފައިވަނީ އެވައިރަހުގެ ސަބަބުން އެޤައުމުގެ ޕަޑުއާގައި 78 އަހަރުގެ ފިރިހެނަކު މަރުވިތާ ވަގުތުކޮޅެއް ފަހުންނެވެ.

އިޓަލީވިލާތުގެ މައި ސިނާޢީ ރަށްކަމަށްވާ ލަމްބާޑީން ވައިރަސް ޖެހިފައިވާ 50އަށްވުރެ ގިނަމީހުންވަނީ ފެނިފައެވެ. މިއީ ވިލާތުގެ ޢިއްތިޙާދުގެ ޤައުމަކުން އެވައިރަސް އެންމެ ގިނައިން ފެނިފައިވާ ސަރަޙައްދެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން ޗައިނާއިން އެޤައުމަށް ވައިގެ މަގުންކުރާ ދަތުރުތައް އެންމެ ފުރަތަމަ ހުއްޓާލީވެސް އިޓަލީވިލާތުންނެވެ. އެޤައުމުގެ ބޮޑުވަޒީރު ޖުސެއްޕެ ކޫންތެވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުން 78،700 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 2،400 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މިއަދު އޮންލައިން