ސީޕްލޭން އޮޕަރޭޝަންތައް ފެށުމަށް ޖާގަ ނުދިނުމުން ފްލައިމީން ކަންބޮޑުވުން ފާޅުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ސީޕްލޭން އޮޕަރޭޝަންތައް ފެށުމަށް ޖާގަ ނުދިނުމުން ފްލައިމީން ކަންބޮޑުވުން ފާޅުކޮށްފި!

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ ރާއްޖޭގެ އަމިއްލަ އެއާލައިނެއްކަމަށްވާ ވިލާ އެއާގެ ފްލައިމީއަށް ސީޕްލޭން އޮޕަރޭޝަންތައް ފެށުމަށް ޓާމިނަލުން ޖާގަ ނުދިނުމުން އެކުންފުނިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވިލާ އެއާއިން ބުނެފައިވަނީ ސީޕްލޭން އޮޕަރޭޝަންތައް ފަށަން، ޖާގަ ހޯދުމަށް 2013 އިން ފެށިގެން ރަސްމީކޮށް އެދިފައިވާނެކަމަށެވެ. އެކަމަކު ފްލައިމީގެ އެދުންތަކަށް މިހާތަނަށް ޖަވާބެއް ދީފައިނުވާކަމަށެވެ. އަދި ޖާގަ ނުދޭ ސަބަބު ހޯދަންވެސް އެތައްފަހަރެއްގެ މަތިން އެދިފައިވާނެކަމަށާއި، ނަމަވެސް އެކަމަށްވެސް ޖަވާބެއް ލިބިފައިނުވާކަމަށް ވިލާ އެއާއިން ވަނީ ބުނެފައެވެ.

ސީޕްލޭންގެ ހިދުމަތަށް ފެށުމަށް ވިލާ އެއާއިން އައު ބޯޓެއް ރާއްޖެ ގެނައިނަމަވެސް ހުއްދަ ނުލިބުމުން، ބޭރު ބަޔަކަށް އެ ބޯޓު ވަނި ވިއްކާލާފައެވެ. މިކަމުގެ ސަބަބުން ވިލާ އެއާއަށް 4.2 މިލިއަަން ޑޮލަރުގެ ގެއްލުމެއް ލިބުނުކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ވިލާ އެއާއިން ޓާމިނަލުން ޖާގަ ދިނުމަށް އެދިފައިވަނީކޮށް އޭގެ މާފަހުން މަންޓާ އެއާއަށް ސީޕްލޭން އޮޕަރޭޝަން ފަށަން ޖާގަ ދިނުމަކީ، އެމްއޭސީއެލުން ވަކި ބައެއްގެ މަސްލަހަތަށް މަސައްކަތްކުރާކަން ހާމަވާކަމެއްކަމަށް ވިލާ އެއާއިން ވަނީބުނެފައެވެ.

 

މިއަދު އޮންލައިން