ޣައިރު މުސްލިމް ޤައުމުތަކުން ޑރ. ބިލާލް ފިލިޕްސް ހުއްޓުވާފަވަނީ އެބޭފުޅާގެ އަޕްޕުޅުމައްޗަށް މީހުން އިސްލާމްވާތީ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޣައިރު މުސްލިމް ޤައުމުތަކުން ޑރ. ބިލާލް ފިލިޕްސް ހުއްޓުވާފަވަނީ އެބޭފުޅާގެ އަޕްޕުޅުމައްޗަށް މީހުން އިސްލާމްވާތީ!: ޝައިޚް ޢަލީ ޒައިދު

ޣައިރު މުސްލިމް ޤައުމުތަކުން ޑރ. ބިލާލް ފިލިޕްސް ހުއްޓުވާފައިވަނީ އެބޭފުޅާގެ އަޕްޕުޅުމައްޗަށް މީހުން އިސްލާމްވާތީ ކަމަށާއި ރާއްޖެ ވަޑައިގަތުން ހުއްޓުވީ އެކަން ޙުއްޖަތަކަށް ބަލައި ވަކިބައަކު އިޙުތިޖާޖުކޮށްގެން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން ޑރ. ބިލާލް ފިލިޕްސް އާއިމެދެ ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.

ޝައިޚް ޢަލީ ޒައިދު މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ގިނަ ބައަކު ޤަބޫލުކުރަނީ މިއީ އިސްލާމް ދީނުގެ އަސްލުތައް އެކަހެރިކޮށް ވަކި ފިކުރެއް ފަތުރަން ހިތްވަރުދޭ ބައަކަށް ނޫނީ ރާއްޖޭގައި ދަރުސް ނުދެވޭނެ ކަމުގެ ބިރު ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިންނަށް ދެއްކުމަށް ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

ޑރ. ބިލާލް ފިލިޕްސްއަށް ދެވުނީ ވަރަށް ބޮޑު އަނިޔާއެއް! އެބޭފުޅާގެ އަބުރު ކަތިލީ! ޣައިރު މުސްލިމް ޤައުމުތަކުން އެބޭފުޅާގެ އަޕްޕުޅުމައްޗަށް މީހުން އިސްލާމްވާތީވެ "ބޭން" ކޮށްފަ ވަނީ! ނަމަވެސް އެކަން ޙުއްޖަތަކަށް ބަލައި ވަކިބައަކު އިޙުތިޖާޖުކޮށްގެން ހުއްޓުވީ! ޑރ. ބިލާލް ފިލިޕްސް އާއިމެދެ ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އެއްވެސް މައްސަލައެއް ނެތް!" –ޝައިޚް ޢަލީ ޒައިދު

މިއަދު އޮންލައިން