އައިޖީއެމްއެޗްގައި ކޮވިޑް 19 އަށް މިހާރު ޓެސްޓު ކުރެވޭނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
އައިޖީއެމްއެޗްގައި ކޮވިޑް 19 އަށް މިހާރު ޓެސްޓު ކުރެވޭނެ!

ދުނިޔޭގައި މިހާރު ބާރަށް ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާވައިރަސް އަށް ރާއްޖޭގެ އައިޖީއެމްއެޗް ގައި ފުރަތަމަ ފަހަރަށް ޓެސްޓު ކުރެވޭގޮތް ހަދައިފިއެވެ.

މިކަމާގުޅިގެން ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު ވަނީ ކޮވިޑް 19 އަށް ޓެސްޓުކުރެވޭ ކިޓުތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

މި ކިޓުތަކާއެކު ކޮވިޑް 19 އަށް އައިޖީއެމްއެޗްގައި 1000 މީހުންނަށް މިހާރު ޓެސްޓު ކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޮވިޑް 19 އަށް ޝައްކުވާ ފަރާތްތަކުގެ ޓެސްޓުތައް ހެދުމަށް މީގެ ކުރިން ފޮނުވަނީ އިންޑިއާއަށެވެ.

 

މިއަދު އޮންލައިން