رحمة واعتدال "އޯގާތެރިކަމާއި މެދުމިން" މިނަމުގައި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އެންޑޯމަންޓްސް، ދަޢުވާ އެންޑް ގައިޑެންސާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި އިމާމުންނަށް ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް 16 ފެބްރުއަރީ 2020 ވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާގެ ވަފްދެއް ދިވެހިރާއްޖެއަށް ވަނީ ޒިޔާރަތްކުރައްވައިފައެވެ.
މި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން 22 ވަނަ ދުވަހާ ހަމައަށެވެ.
މިގޮތުން އިއްޔެ އާއި މިއަދު ވަނީ އައްޑޫ ސިޓީގެ ހިރާ ސްކޫލްގައި ޢިލްމުވެރިންނަށާއި އިމާމުންނަށް ވޯކްޝޮޕެއް ކުރިއަށް ގެންދަވައިފައެވެ. މި ވޯކްޝޮޕްގައި އައްޑޫ ސިޓީއިން 20 ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން މި މަހުގެ19 އިން 20 އަށް މާލެ ސިޓީގައި ދިރިއުޅުއްވާ ޢިލްމުވެރިންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.