ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވެވި ނޫސް ކޮންފަރެންސެއްގި މިނިސްޓަރ ޑރ. މުހައްމަދު ހަސަން ވިދާޅުވީ މިފަހަރު ލޯން ދިނުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި މިލޯނަށް މިހާރު ކިޔަވަމުންދާ ކުދިންނާ އަލަށް ކިޔަވަން ފަށަން ބޭނުންވާ ކުދިންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

މިފަހަރުގެ ލޯން ސްކީމަށް 151 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައިވާއިރު ލޯންތައް ދޫކުރާ ދާއިރާތަކަކީ ޑިޕްލޮމާ ލެވެލް އަށް 45 ފުރުސަތު، ލައިސަންސް ޕްރޮގްރާމްތަކަށް 30 ފުރުސަތު، ފުރަތަމަ ޑިގްރީއަށް 252 ފުރުސަތު، މާސްޓާސ 126 ފުރުސަތު، ޕީއެޗްޑީ 10 ފުރުސަތު، އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް 87 ފުރުސަތު އަދި މެޑިކަލް ދާއިރާއިން ސްޕެޝަލައިޒް ވުމަށް 11 ފުރުސަތެވެ.

ޖުމްލަ 550 ލޯން ފުރުސަތު ހިމެނޭ މި ލޯން ސްކީމުގައި ސަރުކާރުގެ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށްވެސް ލޯނުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އޭގެތެރޭގައި ވޯޓާ އެންޑް ސްވަރޭޖް މެނޭޖްމަންޓް، ސްވަރޭޖް މެނޭޖްމަންޓް، ކްރިއޭޓިވް ޑިޒައިން، ފިޝަރީޒް އެންޑް މެރިން ރިސޯސާސް އަދި އެގްރިކަލްޗާ ހިމެނެއެވެ.

 

މިއަދު އޮންލައިން