މުވައްޒިފުންނަށް ދަތިކޮށް މުވައްޒިފުންގެ ކަރަށް މަޅި މަހާ އުޞޫލު ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ވެރިންނަށް ނިޞްބަތް ކުރައްވައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ވެރިކަމަކީ ހިނދުކޮޅެއްގެ ކަމެއް ކަމަށާއި ދަށުން ތިބޭ މުވައްޒިފުންނަށް ހެޔޮކޮށް ހިތައި، ލުއިފަސޭހަކޮށްދިނުމަކީ އެބައަކާއިމެދު ލޯތްބާއި އިޙްތިރާމް އިތުރުވާނެ ކަމެއް ކަމަށެވެ!
"ވެރިންނޭވެ! ވެރިކަމަކީ ހިނދުކޮޅެއްގެ ކަމެކެވެ! ދަށުން ތިބޭ މުވައްޒިފުންނަށް ހެޔޮކޮށް ހިތައި، ލުއިފަސޭހަކޮށްދިނުމަކީ އެބައަކާއިމެދު ލޯތްބާއި އިޙްތިރާމް އިތުރުވާނެ ކަމެކެވެ. މުވައްޒިފުންނަށް ދަތިކޮށް ކަރަށް މަޅި މަހާ އުޞޫލު ބަދަލުކުރަން ފެނެއެވެ. އަދި ބައެއް މުވައްޒިފުންވެސް އިޞްލާޙްވާން ޖެހެއެވެ!" –ޝައިޚް ޢަލީ ޒައިދު