ވިހެއުމުން ދޭ ޗުއްޓީ އެލްޖީއޭ ގެ މުވައްޒިފުންނަށް ވެސް އިތުރު ކޮށްދީފި!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ވިހެއުމުން ދޭ ޗުއްޓީ އެލްޖީއޭ ގެ މުވައްޒިފުންނަށް ވެސް އިތުރު ކޮށްދީފި!

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) ގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުންނަށް ވެސް ވިހެއުމުންދޭ ޗުއްޓީ، ހަ މަަހަށް އިތުރުކޮށްފި އެވެ.

 

ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބުދުﷲ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެލްޖީއޭ ގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުން މަންމަ އަކަށްވުމުންދޭ ޗުއްޓީ ހަމަހަށް އިތުރުކޮށް، ބައްޕަ އަކަށްވުމުން އެއް މަހުގެ ޗުއްޓީ ދިނުމަށް އިއްޔެ ނިންމާފައިވާ ކަމަށެވެ.

 

މިއަހަރުގެ އަންހެނުން ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެންް މުއައްޒިފުންނަށް ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭނެގޮތް ހަމަޖައްސައިދީފަ އެވެ. އަދި ހަމައެއާއެކު ސިވިލް ސާވިސްގައި މަސައްކަތްކުރާ ފިރިހެން މުއައްޒަފުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ވެސް މުސާރައާއެކު ލިބޭނެ ގޮތް ހަމަޖައްސައިދީފައި ވެއެވެ.

 

މީގެއިތުރުން ހަމަސް ނުވާ ދަރިން ތިބިނަމަ އެކުދިންގެ އުމުރުން ހަމަސް ވަންދެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެކުދިންގެ މައިންބަފައިންނަށް އެސިޔާސަތުގެ ދަށުން ޗުއްޓީ ދިނުމަށް ވެސް ރައީސް ޞާލިޙު ވަނީ ހަމަޖައްސަވާ ދެއްވާފައެވެ.

މިއަދު އޮންލައިން