އެލްޖީއޭގެ ފޭސްބުކް ޕޭޖް ހެކް ކޮށްފި!

ކިޔުމަށް ހޭދަވާނީ 30ސ
އެލްޖީއޭގެ ފޭސްބުކް ޕޭޖް ހެކް ކޮށްފި!

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރަސްމީ ފޭސްބުކް ޕޭޖް ހެކް ކޮށްފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެލްޖީއޭ ގެ ފޭސްބުކް ޕޭޖް ހެކްކޮށްގެން މިއަދު މެންދުރު 11:38 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

ގާތްގަނޑަކަށް 5000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރާ އެޕޭޖުގައި އެންމެ ފަހުން މިއަދު ހެނދުނު ވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ހިއްސާ ކޮށްފައެވެ.

މިމައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން