ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވަނީ ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރި ދުވަސްތަކަކަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން، ޖުމްހޫރީ ވެރިކަމެއްގެ ހިޔަލުގައި ދިވެހި ޤައުމަށް އިތުރު ކުރިއެރުމާއި، ތަރައްޤީއާއި ތަމައްދުން މިންވަރުކޮށްދެއްވުން އެދިވަޑައިގެން އެކަމަނާ ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.