ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އިޢުލާންކުރެވުނީ 11 ނޮވެންބަރު 1968 ގައެވެ.

ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވުނީ 1 ޖަނަވަރީ 1953 ގައެވެ. އެއީ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ރައީސްކަމުގައެވެ. ނަމަވެސް އެ ވެރިކަން ދެމިއޮތީ ކުރު މުއްދަތަކަށެވެ.

މިއަދު އޮންލައިން