ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަން ޕިއްލޭ އާއި ރަސްމީކޮށް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، މޫސުމީ ބަދަލުތަކުން އަސަރުކުރާ ކުދި ޖަޒީރާ ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އެހީތެރިކަން އިތުރުކުރުމަށް ވަކާލާތުކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ.
ރާއްޖެއާއި ސީޝެލްސް އަކީވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ތަމްސީލުކޮށް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވަރުގަދަ ބައިނަލްއަޤްވާމީ ފިޔަވަޅުތަކެއް އެޅުމަށް ވަކާލާތުކުރަމުން އަންނަ ދެ ޤައުމެވެ.