ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް: ރައިސް

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް: ރައިސް

ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަޢުދިޢަރަބިއްޔާގެ 94ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއާއި ސައުދިޢަރަބިއްޔާގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށާއި ދެ ޤައުމުގެ ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ ސަޢުދިޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށް އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް، އެޤައުމުގެ 94 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން