ނަމާދުގަހުރެ މައްޗަށް ބެލުމަކީ ލޮލުގެ ބާރު ﷲ ގެންދަވައިފާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ނަމާދުގަހުރެ މައްޗަށް ބެލުމަކީ ލޮލުގެ ބާރު ﷲ ގެންދަވައިފާނެ ކަމެއް!

މާތް ﷲ އެބޭކަލަކަށް ރުއްސުންލެއްވެވި ޖާބިރް އިބްން ސުމްރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލް () ޙަދީޘްފުޅު ކުރެއްވެވިއެވެ. "ދަންނާށެވެ! މީސްތަންނަށް ވަނީ ނަމާދުގެ ތެރޭގައި މައްޗަށް ބަލައި ހެދުން މަނާވެގެންނެވެ. ނޫން ނަމަ އެމީހުންގެ ލޮލުގެ ބާރު މާތް ﷲ ގެންދަވައިފާކަން ދަންނަހުއްޓެވެ." (ޞަޙީޙް މުސްލިމް: 649) 

މި ޙަދީޘްފުޅުގެ ތަފްސީރުގައި އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވެއެވެ. "އެބަހީ ތިއަބައިމީހުން ނަމާދުގައި ދުޢާކުރާހިނދު މަތިބަލަހައްޓައިގެން ނުތިބޭށެވެ! އެއީ ނަމާދުގައި އުންނަ ކަމެއް ނޫނެވެ. ސުންނަތް ގޮތަކީ އެފަދަ ކަންކަމުން ދުރުހެލިވެގަތުމެވެ." 

ނަމާދުގައި ހުންނައިރު ބަލަން ޖެހޭނީ ސަޖިދަކުރާ ތަނަށެވެ. ނަމަވެސް ބައެއް މީހުންނަށް އެހެންތަންތަން ބެލުމާއި މަތިބެލުން ފަދަ ކަންކަން ކުރެވެއެވެ. އަހަރެމެން މަތިބެލި ނަމަވެސް އެހެން ތަނެއް ބެލިނަމަވެސް އަހަރެމެންނަކަށް ﷲ ތައާލާއެއް މިދުނިޔެއަކު ނުފެންނާނެއެވެ. ނަމަވެސް ﷲ ތަޢާލާ އަހަރެމެން ދެކެދެނެވޮޑިގެންވެއެވެ. ވީމާ އޮތީ ކިޔަމަންތެރިކަމާއިއެކު ﷲ ތައާލާ ގެ އެންގެވުންތަކަށް ޢަމަލުކުރުމެވެ. ނަމާދުގައި ހުރެ ސަޖިދަކުރާ ތަނަށް ނޫން ތަނަކަށް ނުބެލުމެވެ. 

 

މިއަދު އޮންލައިން