ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް އޮތް ވިހި އަހަރު ޤައުމު ތަރައްޤީކުރާނެ ގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުޢިއްޒު ފަށްޓަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް އޮތް ވިހި އަހަރު ޤައުމު ތަރައްޤީކުރާނެ ގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުޢިއްޒު ފަށްޓަވައިފި

"ކުރިއަށްއޮތް 20 އަހަރު ދުވަހުގެ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. 

ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މި ޕްލޭން އެކުލަވާލަން ނިންމާފައިވާއިރު މި ޕްލޭން ހަދާނީ ރައްޔިތުންގެ ބައިވެރިވުމާ، ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށާއި އަދި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ވެސް ލިބޭގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. 

އެމަނިކުފާނު ވިދާޅުވީ މިޕްލޭނަށް ރަށުފެންވަރުގައާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކުގެ ފެންވަރުގައިވެސް މަޝްވަރާކުރެވޭނެ ކަމަށެވެ. އަދި ކުޅިވަރުކުޅޭ ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވާނެ ކަމަށެވެ. އަދި މިޕްލޭން ތަންފީޒުކުރާނީ ދިވެހި ޤައުމުދެކެ ލޯބިވާ ދިވެހި ދަރިން ކަމަށްވެސް ވިދާޅުވިއެވެ. 

 

މިއަދު އޮންލައިން