އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްޞަ ޕްރޮގުރާމެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 32ސ
އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްޞަ ޕްރޮގުރާމެއް ފަށައިފި

އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް 'ތަޙްސީނުއްތިލާވާ'ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއް ފަށައިފިއެވެ.

މާލޭ ސަރަހައްދުގެ އިމާމުންނަށް ހުޅުވައިލައިގެން ފެށި މި ޕްރޮގުރާމުގައި 17 އިމާމުން ބައިވެރިވެފައިވެއެވެ. މި ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ހަފުތާގެ މުއްދަތަށެވެ. މި ޕްރޮގުރާމުގައި ކިޔަވައިދެއްވަނީ ފުންނާބު އުސް ދެ ބޭފުޅުންކަމަށްވާ އަލްޤާރީ މުޙައްމަދު އަސްލަމާއި އައްޝައިޚް ނަސްރުﷲ ޢަލީއެވެ.

މިއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއްކަން ފާހަގަކޮށްލެވެއެވެ.

 

ހަބަރު: ސަރުކާރު

 

 

މިއަދު އޮންލައިން