އިމާމުންނަށް ޢިލްމީ ގޮތުން ކުރިއެރުން ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް: ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިމާމުންނަށް ޢިލްމީ ގޮތުން ކުރިއެރުން ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް: ޑރ.ޝަހީމް

ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ އިމާމުންނަށް ޢިލްމީ ގޮތުން ކުރިއެރުން ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިމާމުން ތާޒާކުރުމުގެ މަޝްރޫޢުގެ ދަށުން 6 އަތޮޅެއްގެ އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގުރާމް ފެއްޓެވުމަށް މިއަދު ބޭއްވެވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ފެށުނު ފަހުން އިމާމުންނަށް ހާއްސަކޮށްގެން ތަފާތު އެކި ޕްރޮގުރާމުތައް ކުރިއަށް ގެންގޮސްފައިވާނެކަމަށާއި އެގޮތުން ރާއްޖޭން ބޭރަށް ދަތުރުކޮށް އިތުރު ތަމްރީން ހޯދުމުގެ ފުރުސަތުވެސް ހޯދާދެވިފައިވާކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަދަ އިތުރު ފުރުސަތުތައް އިމާމުންނަަށް ލިބިލައްވާނެކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އިމާމުންނަށް ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށާއި، ޢިލްމުވެރިންގެ ފަރާތުން ކަންކަން އޮޅުންފިލުއްވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

މިއަދު ފެށުނު އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވަނީ ނ، ރ، ފ، ދ، ތ، ލ އަތޮޅުގެ އިމާމުންނެވެ. މި 6 އަތޮޅު ޖުމްލަ 272 އިމާމުން މި ޕްރޮގުރާމުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން