ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައްވާފައިވާ، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އަތޮޅުވެރިއެއްގެ މަޤާމު ފުރުއްވާފައިވާ ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަރުޙޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲ އަކީ ދިވެހި ދައުލަތަށް 45 އަހަރަށްަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަދި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމްގެ ޢާއިލޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ "މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲ ލަހައްޓަވާށިއެވެ. އާމީން" މިފަދައިންނެވެ.

މަރުޙޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަތޮޅުވެރިކަން ކުރައްވާފައިވާ، ޤައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. 

މިއަދު އޮންލައިން