"ކޮންމެ ވަގުތަކު ކޮންމެ ކަމެއްވެސް މެދުވެރިވެދާނެއެވެ. ބޮލުން އިސްތަށްޓެއް ވެއްޓޭހައި ފަސޭހައިން ކޮންމެ ފަދަ މުޞީބާތެއްވެސް މެދުވެރިވެދާނެއެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއްގެތެރޭގައިވެސް މެދުވެރި ނުވާނެ ކިތަންމެ ބޮޑު މުޞީބާތެއްވެސް ނުވެއެވެ.
މާދަމާ ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ހަމައެކަކުވެސް ނުވެއެވެ. ވީމާ މިއަދުގެ ފައިދާ ނެގެން އޮތް އެންމެ ބޮޑަކަށް ނަގާށެވެ!
އެކަން ކުރެވޭނީ މިއަދަކީ ވީހައި ގިނަ އަޅުކަން ކުރާ ދުވަސް ކަމަށް ހަދަން މަސައްކަތްކޮށްގެންނެވެ! އަޅުކަން ކުރުން އެންމެ އިސްކޮށްގެން ދުވަހުގެ ކަންކަން ތާވަލުކޮށްގެންނެވެ! އެނޫން ގޮތަކަށް ވިސްނާ މީހާގެ އުމުރު ނިމިގެންދާނީ ބޭކާރު ގޮތުގައެވެ! އާޚިރަތަށް ގެންދާނެ އެއްޗެއް ޖަމާ ނުކުރެވޭ ނިކަމެތި ފަޤީރެއްގެ ގޮތުގައެވެ."
އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއްކަމަކީވެސް ހަމަ މިކަންތަކެވެ. ޢުމުރުން ގިނަ ދުވަސްވެ މުސްކުޅިވުމުން ހެޔޮ ޢަމަލުކުރަން މަޑުކުރާ މީހާއަށް ހުސްއަތާ ދުނިޔެއިން ނުކުންނަންޖެހިދާނެ ކަމުގެ ބިރުބޮޑު ވާހަކައެވެ. ނަމަވެސް އެކަމަށް ވިސްނަނީވެސް މަދު މީހެކެވެ.
- މުފްތީ މެންކްގެ ނަޞޭޙަތެއް