ޙަސަދަވެރިވުމުން ލިބޭ އެންމެ ބޮޑު އެއްދެރައަކީ ކުރެވިފައިވާ ހުރިހާ ހެޔޮޢަމަލުތައް އަންދައިލެވޭކަން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޙަސަދަވެރިވުމުން ލިބޭ އެންމެ ބޮޑު އެއްދެރައަކީ ކުރެވިފައިވާ ހުރިހާ ހެޔޮޢަމަލުތައް އަންދައިލެވޭކަން!

އެކަށީގެންވާ ވަރަށް ހެޔޮ ޢަމަލުތައް ކުރެވެނީވެސް މަދު މީހަކަށެވެ. ހިތާމައަކީ ހެޔޮ ޢަމަލުތައް ކުރަމުންވެސް ބައެއް މީހުން އުޅެނީ ކޮންމެވެސް މީހަކަށް ހަސަދަލައި ހިތުގައި ހަސަދަވެރިކަން ބާއްވައިގެންކަމެވެ. އެއިރުން ވާގޮތް ނިކަން އެނގިބަލާށެވެ. ތިރިގައިވާ ލިޔުން ވިސްނުންތެރިކަމާއިއެކު ނިކަން ކިޔައިލަބަލާށެވެ! 

މީސްތަކުންގެތެރެއިން ޢާއްމުކޮށް ސިޙުރު ހަދުވާ އުޅެނީ މީހަކަށް ލިބިފައިވާ ނިޢުމަތަކާއިމެދު ޙަސަދަވެރިވެގެންނެވެ.

ޙަސަދަވެރިވުމަކީ ނުބައިކަންބޮޑު ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.

أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦۖ

ނުވަތަ، ﷲ ގެ ފަޟްލް ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ހަސަދަވެރިވަނީ ހެއްޔެވެ؟ 4:54

عن أبي هريرة رضي الله عنه، أن انبي صلى الله عليه وسلم قال: "إياكم والحسد، فإن الحسد يأكل الحسنات كما تأكل النار الحطب، أو قال: العشب" ( رواه أبو داود)

މާނައީ: "މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. (އެ ކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން، ރަސޫލުﷲ   () ޙަދީޘް ކުރެއްވިއެވެ.  

{ތިއަބައިމީހުން ޙަސަދަވެރިކަމާ ދުރުހެލިވާށެވެ. އެހެނީ، ހަމަކަށަވަރުން، އަލިފާނުން ދަރު އަންދާފަދައިން ޙަސަދަވެރިކަން ހެޔޮކަންތައް ނެތިކޮށްލައެވެ.} "

 

މިއަދު އޮންލައިން