ޢަބްދުއްސަލާމް ޢަލީ އަކީ ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއް: ރައީސް މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޢަބްދުއްސަލާމް ޢަލީ އަކީ ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއް: ރައީސް މުޢިއްޒު

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ލޮބުވެތި ބައްޕާފުޅު، ޢަބްދުއްސަލާމް ޢަލީ އަކީ ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޢަބްދުއްސަލާމް ޢަލީ އަވަހާރަވުމާ ގުޅިގެން އިއްޔެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޢިއްޒު އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ޢަބްދުއްސަލާމް ޢަލީ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މަރުޙޫމް ޢަބްދުއްސަލާމް ޢަލީއަކީ ހއ. ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއް ކަމުގައި ވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވާ ކަމަށާއި، މާތްﷲގެ ތަނަވަސް ރަޙްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މަރުޙޫމް ޢަބްދުއްސަލާމް ޢަލީ ލެވެހެއްޓުމަށް ވެސް ރައީސް ޑރ.މުޢިއްޒު ވަނީ ދުޢާ ކުރައްވާފައެވެ.

 

މިއަދު އޮންލައިން