ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ "ޤައުމިއްޔަތުގެ އިސްވަރު" ވާނީ ޤާނޫނުން ބާރުލިބިދޭ ތަރިކައިގެ ކޮލެޖަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަސައްކަތުގެ ތެރެއިން ދިވެހި ޤައުމިއްޔަތުގެ އިސްވަރު މިހާރު އުފެދިފައިވާއިރު، މުސްތަޤްބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށްކަމަށެވެ.
"މިއަދު ދިވެހި ޤައުމިއްޔަތުގެ އިސްވަރު މި ވަނީ އުފެދިފާ. މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް. މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް. އެއީ މެންބަރ ޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާނެ ކޮލެޖެއް. މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާ އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ލެންސުތަކުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިޔުން. ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްފައިވަނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްފައިވަނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ