ރެހެނދި ސްކޫލްގެ ދަރިވަރުންނަށް ނަމާދު ވޯކްޝޮޕް ކުރިއަށް ގެންގޮސްފިއެވެ.
ހޯމަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ މި ވޯކުޝޮޕުގައި އެ ސްކޫލްގެ ގުރޭޑު 6 ގެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕުގައި އަލިއަޅުވާލާފައިވަނީ ސުންނަތް ނަމާދުތަކާއި ގުޅޭ ގޮތުންނެވެ.
މި ވޯކްޝޯޕުގެ ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚް އިބްރާހިމް ރަޝީދާއި ސަލްމާން މިސްކިތުގެ އިމާމް އައްޝައިޚް ޢައްމާރު އިލްޔާސްއެވެ.