ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް މަޝްވަރާފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް މަޝްވަރާފަށައިފި

ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާގުޅޭ މުހިންމު ނިންމުންތަކަކާގުޅޭގޮތުން މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެދވެ.

މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ބަސްދީގަތުމެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ އެންމެ މުހިންމު އެއްކަމަކީ ރީޖަނަލް އެއަރޕޯޓްސް ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރުމާގުޅޭ ކަންކަމެވެ. އެއީ ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަށް އެންމެ ފައިދާވާނެގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ފަހިދިރިއުޅުން ކޯޕަރޭޝަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ބަދަލުކުރުން ނުވަތަ ދެކުންފުނި އެއްކޮށްލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ދަށަށް ބަދަލުކުރުން ނުވަތަ އެއްކޮށްލުމަށް މަޝްވަރާކުރައްވާ ގޮތެއް ނިންމަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މަޝްވަރާތަކުގެ މަޤްޞަދަކީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނިތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާއި ހަރުދަނާކުރުންކަމަށް ބެލެވެއެވެ. 

މިއަދު އޮންލައިން