ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހާ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހާ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ވަކިވަކިން ކުރެއްވި ދެ ޕޯސްޓެއްގައެވެ.

މިއަދު ފާހަގަކުރާ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިފުލުހުންގެ ޤައުމީ ޚިދުމަތުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަންކުރައްވައި ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް މުބާރަކްބާދީ އަރިސްކުރައްވާފައެވެ. އަދި ދިވެހި ޤައުމާ ރައްޔިތުންނަށްޓަކައި ރެއާއިދުވާލު ދިވެހިފުލުހުން ދެއްވާ ޒިންމާދާރު ފަޚުރުވެރި ޚިދުމަތް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި، އެ ޔުނިވަރސިޓީގެ ވެރިންނާއި މުވައްޒަފުންނާއި އެދުރުންނާއި އިސްދަރިވަރުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އެމަނިކުފާނު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

މިއަދު އޮންލައިން