ސިނަމާލެ ބްރިޖްގެ ލޭނުގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސިނަމާލެ ބްރިޖްގެ ލޭނުގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވެއްޖެ

ސިނަމާލެ ބްރިޖްގެ ލޭނުގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، އެންމެ ފުރަތަމަވެސް އޮތީ ކޮޅަކަށް ދެ ލޭން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށް ހިންގި މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު ކުރިއަށް ގެންދެވި އެންމެ މުހިންމު އެއް މަޝްރޫޢަކީވެސް ބްރިޖް މަޝްރޫޢު ކަމަށް ފާހަގަކުރެއްވިއެވެ.

"ޕްރީ ފީޒިބިލިޓީ ސްޓޭޖާއި ފީޒިބިލިޓީ ސްޓޭޖާއި ކޮންސެޕްޓް ޑިޒައިނިންއާއި ޑީޓެއިލް ޑިޒައިނާ މިހުރިހާ މަރުހަލާއެއް ދިޔައީ އޭގެ ފަހުން (ސެޕްޓެމްބަރު 2014ގެ ފަހުން) އަޅުގަނޑުގެ ބެލުމުގެ ދަށުން. އެއްވެސް އިރެއްގައި ލޭނުގެ އަދަދު ބަދަލުވެފައެއް ނެތް. އެންމެ ފުރަތަމަވެސް އަޅުގަނޑާ ހަވާލުވި ހިސާބުން އޮތީ ހަމަ ކޮޅަކަށް ދެލޭން. ދެން ސައިޑްގައި ޕެޑެސްޓްރިއަން ނުވަތަ ބައިސްކަލް ލޭންގެ ގޮތުގައި ކަނޑައެޅި ލޭން އެއޮތީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އެންމެ އިސްކަމެއް ދެއްވީ ވީހާވެސް ފެންވަރު ރަނގަޅަށް، ބަޖެޓުގެ ތެރެއިން، ކަނޑައެޅުނު މުއްދަތުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަމަށެވެ.

ރައީސް މުޢިއްޒުގެ މި ބަސްފުޅުތަކުން، ސިނަމާލެ ބްރިޖްގެ ޑިޒައިން މަރުހަލާގައި އެއްވެސް ބަދަލެއް ގެނެވިފައިނުވާކަން އެނގެއެވެ. 

މިއަދު އޮންލައިން