އިޤްޠިޞާދު ރަނގަޅުކުރަން މަސައްކަތްކުރާނީ ރައްޔިތުންގެ ފަޅީގަ ތިބެގެން!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 59ސ
އިޤްޠިޞާދު ރަނގަޅުކުރަން މަސައްކަތްކުރާނީ ރައްޔިތުންގެ ފަޅީގަ ތިބެގެން!: ރައީސް ޑރ. މުޢިއްޒު

ދެން އިޤްތިޞާދުގެ ވާހަކައަށް އެނބުރި ދާކަމަށް ވަންޏާ، މި އިޤްތިޞާދުގެ ތެރެއިންތާ މިކަންކަން ކުރަން މިއުޅުނީ، މާލީ ނިޒާމުގެ ތެރެއިން. މިވެއްޓިފައޮތް ފުން އަނދަވަޅުގެ ވާހަކަ އަޅުގަނޑު ވާހަކަ ފައްޓަމުން ދެންނެވީ. މި ފުން އަނދަވަޅުން ނަގާ ކޮޅަށް ޖެހުމުގަ މިކުރާ މަސައްކަތުގަ ޑޮލަރު އިތުރު ކުރުމާއި އާމްދަނީ އިތުރުކުރުމާއި، ރެވެނިއު އިތުރު ކުރުމާއި މިހުރިހާ ކަމެއްގެ ތެރެއިން، ވަރަށް ގިނަ ކަންތައްތައް މިދަނީ ކުރަމުން. ވަރަށް ގިނަ ކަންތައްތަކެއް. އަޅުގަނޑުމެން މި ކަންކަން ނިންމަމުން ދާނީ ރައްޔިތުންނަށްޓަކާ. ކޮންމެ ހިނދުކޮޅެއް މިސަރުކާރުން ހޭދަކުރާނީ ރައްޔިތުންގެ ފަޅީގަ ތިބެގެން. އަޅުގަނޑުމެންނަށް އިއްޔެގަވެސް މުހިއްމުވީ ދިވެހި ރައްޔިތުން ނުކުރާށޭ ބުނެފަ އޮތްކަމެއް ކުރީމަވެސް އެއްމެތަންފުކެއްވެސް ދޫނުދީ އަޅުގަނޑު މަސެއްކަތްކުރީ އަޅުގަނޑުމެންގެ ސަރުކާރުން ދިވެހިރާއްޔިތުންގެ ސަރުކާރުން، ދިވެހިރާއްޖޭގެ ސަރުކާރުން މަސެއްކަތްކުރީ ދިވެހީންނަށްޓަކާ ދިވެހީންގެ ފަޅީގަ ތިބެގެން. އެހެންވީމަ ދިވެހީންނަށްޓަކާ ދިވެހިރައްޔިތުންގެ ފަޅީގަ ތިބެގެން ކުރަންޖެހޭ ކަމެއް ވިއްޔާ އަޅުގަނޑުމެން މިކުރަނީ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކާ. އެގޮތުން ވަރަށް ގިނަ ފިޔަވަޅު އަޅާނެ ކުރިއަށް އޮތްތަނުގަ.  

މިދިޔަ ދުވަސްވަރުވެސް އެ ކުރެވިގެން ދިޔަ ކަންތައްތަކުގެ ތެރެއިން އިތުރު ކަންތައްތައް.  އެއީ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވިޔަސް، މިސާލަކަށް އެމް.އެމް.އޭ ގެ ބައެއް ރެގިއުލޭޝަންތަކަށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގަ އަޅުގަނޑުމެންގެ ގަވަރނަރ އެ ބަދަލުތައް ގެންނަވާނެ، އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވި. އަޅުގަނޑުމެންގެ ފަރާތުން މަޝްވަރާ އަރުވާފަ އޮންނާނެ. އޭގެ ނަތީޖާއަކަށް ވާނީ ކޮންކަމެއްތޯ؟ އަޅުގަނޑުމެން ހަމަ ކުޑަކޮށް ދަންނަވާލާނަން. ދެތިން އެމް.އެމް.އޭ ގެ ރެގިއުލޭޝަނެއް ބަދަލު ކުރާނެ ކުރިއަށް އޮތް ދުވަސްތަކުގަ. އެއީ އެމް.އެމް.އޭ ގެ މަނިޓަރީ ރެގިއުލޭޝަންއާ އަދި މަނީޗޭންޖަސް ރެގިއުލޭޝަން، މި ރެގިއުލޭޝަން އަށް ގެނެވޭ ބަދަލުގެ ސަބަބުން ވާގޮތަކީ އަޅުގަނޑުމެންގެ ރާއްޖޭގަ މި ހިންގާ ވަރަށް ގިނަ ބޭރުފައިސާއިން އާމްދަނީ ލިބޭ ވަރަށްގިނަ ވިޔަފާރިތައް އެބަ ހިންގާ. މި ފައިސާ ބްލެކްމާކެޓް ގަ މިހާރު މާރުކުރާ މާރުކުރުން ނިމުމަކަށް އައިސް ބޭންކަށް މާރުކުރުން މަޖުބޫރު ވާނެ. ވަރަށް ގިނަ މީހުން ރުޅި އައިސްދާނެ އަޅުގަނޑު ދެކެ. އެކަމު އަޅުގަނޑު ހުންނާނަން ރައްޔިތުންގެ ފަޅީގަ.  

އަދިހަމަ އެއާއެކީގަ ރާއްޖެއަށް އަންނަ އެކިކަހަލަ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްގެ ނަފާ ރާއްޖޭގެ ބޭންކުތަކުގަ ހިފެހެއްޓުމަށް ހިތްވަރު ލިބޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އަދި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ އެމް.އެމް.އޭ ގަ އޮންނަ ރެގިއުލޭޝަންވެސް ބަދަލު ކުރާނަން. އެގެ ސަބަބުން ރާއްޖޭގަ ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވި ރާއްޖޭގަ ޑޮލަރު ގިނަވަގުތު ގިނަ ދުވަސްވަންދެން ހިފެހެއްޓިގެން ދާނެ. އޭގެންވެސް ފައިދާކުރާނީ ރާއްޖެއަށް. މިހިނގާ މަނީ އެކްސްޗޭންޖްތައްވެސް އޭރުން ބޭންކުގެ ނިޒާމާ ގުޅިފަ އޮންނާނީ. ބޭންކުތަކުން ދާނީ ގާތުން ބަލަމުން، އޭރުން މިހާރު މިދާ ހައިރޭޓްތައް އަރައިގެންނެއް ނުދާނެ.  

މިކަން ކުރުމުގެ މަސެއްކަތް ފަށާނަން. ވަގުތު ނަގާނެ ބަދަލުގެނަޔަސް. އެނގިވަޑައިގަންނަވާނެ ޤާނޫނެއް ޤަވާއިދެއް ބަދަލުކުރިޔަސް އޭގަ އެ ޢަމަލު ކުރުމުގަ ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސެއްކަތްތަކުގަ އެންމެ ބޮޑު ޗެލެންޖެއް އަންނަނީ. ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ، މި ހުންނަ އެކިކަހަލަ، ގިނައިން ބޭރުމީހުން މި މަނީއެކްސްޗޭންޖް ތައް ހިންގަނީވެސް. މިތަންތަނުން މިދެންނެވި ބަދަލުތައް ގެނައީމަ ބޭންކުން އިއުލާނުކުރާ ރޭންޖުތަކަށްވުރެ މަތިން ޑޮލަރު މާރުކުރަން އުޅޭނަމަ ރައްޔިތުން އެތަންތަނަށް ނުދިޔައީމަ ނިމުނީ. އެއަށްވުރެ މާ ރަނގަޅަށް ރެގިއުލޭޓްވެގެން އޭރުން ޑޮލަރު ލިބޭނެ.  

އެހެންމަ ހުރިހާއެންމެންގެ އެއްބާރުލުން ލިބޭނަމަ، ހުރިހާ ފަރާތްތަކެއް ވިޔަފާރިވެރިންނާ އާންމު ރައްޔިތުންނާ ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދޭކަމުގައި ވާނަމަ އެންމެން އެކުގަ ކުރިއަށް ދާނަމަ، އެންމެން އެކަކު އަނެކަކަށް ކޮށްދޭ ކަމެއްމީ. އޭރުން ޑޮލަރުގެ މި ބްލެކް މާކެޓް ވަރަށް ބޮޑުތަނުން ހަމައަކަށް އެޅުނީ. ޑޮލަރު ރޭޓް ހިފެހެއްޓި ކުޑަކުރެވި، ބޭންކުގެ ތެރޭގަ ޑޮލަރު ރިޒާވް ގިނަކުރެވި ކަންތައްތަކެއް ވާނެ. އަދިހަމަ އެއާއެކީގަ އަޅުގަނޑުމެން ކުރަން ނިންމާފަމިއޮތް ކަމަކީ، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތައް، މޭޖަލީ ޑޮލާރއިން، ޔޫ.އެސް ޑޮލާރ އިން އާމްދަނީ ލިބޭ ވިޔަފާރިތައް އެބަހުރި ބައިވަރު. މި ވިޔަފާރިތަކުން މިހާރު ކޯޕަރޭޓް އިންކަމް ޓެކްސް ދެއްކުމުގަ ރުފިޔާއިން ދައްކަން މިޖެހެނީ. އެކަން ބަދަލުކުރަން އިއްޔެ އަޅުގަނޑުމެން ނިންމީ. އެފަރާތްތަކުން ދެން އެބަދަލު ގެނައީމަ ކޯޕަރޭޓް އިންކަމް ޓެކްސް ދައްކަންޖެހޭނީ ޑޮލަރުން. ޑޮލަރުން ދެއްކީމާ ދެން ބޭންކުގަ ޑޮލަރު ހުންނާނީ.  

ހަމަ މިދެންނެވި ވިޔަފާރިތަކުން އިމްޕޯރޓް ކުރާތަކެތިވެސް ރުފިޔާއިން އިމްޕޯރޓް ޑިއުޓީ ދެއްކުމުގެ ބަދަލުގަ ކަމާގުޅޭ ޤާނޫނާއި ޤަވާއިދަށް ބަދަލު ގެނެސް ޑޮލަރުން އިމްޕޯރޓް ޑިއުޓީ ދައްކާ ގޮތަށް ބަދަލު ކުރާނީ. ހަމަ މިދެންނެވި ވިޔަފާރިތަކުން އެ ވިޔަފާރިތަކުގަ މަސެއްކަތްކުރާ ދިވެހިންނަށް ދޭ މުސާރަ ދީފަ، ޑޮލަރުން މުސާރަ ދެނީ. ޑޮލަރުން މުސާރަދޭ ތަންތަން މިދަންނަވަނީ. ޑޮލަރުން މުސާރަދޭ ތަންތަނުން ޕެންޝަން ދެއްކުމުގަ މިހާރު މި ދައްކަންޖެހެނީ ރުފިޔާއިން. އެހެންމަ ޕެންޝަނާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް އެފަރާތްތަކުން ޕެންޝަންވެސް ޑޮލަރުން ދައްކާގޮތަށް އަޅުގަނޑު ބަދަލު ކުރާނަން.  

މިއީ ޑޮލަރުގެ ވިޔަފާރި، ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތައް. އާއްމު ރައްޔިތުންނަށް މީގެ އެއްވެސް ދައްޗެއް ނުވާނެ. ޑޮލަރުގެ އާމްދަނީ ލިބޭ ޑޮލަރުން ވިޔަފާރިކުރާ ކުންފުނިތަކަށް. އެފަރާތްތަކަށް ލިބޭ ފަސޭހައެއް އެއީ މާކެޓަށް ގޮސްގެން ބޮޑު ރޭޓުގަ މާރުކޮށް ރުފިޔާ ހޯދައިގެން އައިސް ދައްކަންޖެހޭ ދެއްކުމަށް ވެސް ފަސޭޙަތަކެއް އަންނާނެ. އެހެންވީމަ މިހުރިހާ ކަންތައްތަކެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން އިރާދުކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގަ.  

އާދެ، މިކަހަލަ ކަންތައްތައް ކުރީމަ ހިތްހަމަ ނުޖެހޭ ބަޔަކުވެސް އުޅޭނެ. ކޮންމެ ގޮތެއްވިޔަސް އެންމެންނެއް ހިތްހަމައެއް ޖެއްސޭނެ އެއްވެސް ގޮތެއް ނޯއްނާނެ އެއްވެސް ކަމެއްގަ. އެހެންނަމަވެސް އަޅުގަނޑުމެން ކަންތައްތައް ކުރިއަށް ގެންދާނީ ރައްޔިތުންނަށް ފައިދާވާގޮތަށް. އަދި ހަމަ ބައެއް ކަންތައްތައް އަޅުގަނޑު ފާހަގަ ކޮށްލާނަން. އަޅުގަނޑުމެން މިބަލަނީ ރައްޔިތުންނަށް އެންމެ މުހިއްމުވާ ކަންކަން ހައްލު ކުރަން. ރާއްޖޭގެ ގިނަ ދުވަސްތަކެއް ވަންދެން ހައްލު ނުކުރެވި ހުރިކަންކަން ހައްލު ކުރަން. އިޤްތިޞާދު ހަރުދަނާ ކުރުމާ އެކީގަ އިޖްތިމާއީ ގޮތުން މިތަނަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސެއްކަތް ކުރަން.  

ޑްރަގް ގެ މައްސަލަ. ބޭންކުތަކުގެ މައްސަލަ. މިވާހަކަ ދެއްކީމަ ހަމަ އެއްކަލަ ދޮގު ހެދުމުގެ ސްޓައިލްތަކުގެ ތެރެއިން ތެދު ތަންކޮޅެއް ލާފަ ބައިވަރު ދޮގު ލައިގެން ހަދާ ދޮގުތަކުގެ ތެރޭގައި މި ކަންކަން އޮޅުވާލަން ރައްޔިތުންނަށް ވަރަށް ބޮޑަށް މަސއްކަތްކުރެއްވީ، ވަރަށް ބޮޑަށް އޮޅުވާލަން މަސެއްކަތް ކުރެއްވީ. ޒުވާޏުންނަކީ އަޅުގަނޑުމެންގެ ސަރުކާރުގަ އެންމެ އިސްކަންދޭ އެއްފަރާތް ސޮސައިޓީގަ. ޒުވާނުން ބާރުވެރު ކުރުމާއި، ޒުވާނުންނަށް އިޤްތިޞާދީ ފުދުންތެރިކަން ހޯދައިދިނުމާއި، އެޒުވާޏުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދީ، ގެދޮރުވެރިކަމާ ވަޒީފާއާއި، މިކަންކަނހޯދައިދިނުމަކީ އެޅުގަނޑުމެންގެ މެނިފެސްޓޯގަ ބޮޑުބައެއް ހިއްސާކުރަނީ އެކަމަށް. އަދި އަމަލީގޮތުން ސަރުކާރުގެ ސިޔާސަތުގެވެސް ވަރަށް ބޮޑު ބައެއް އޮންނާނެ މިކަމުގަ. އެހެންމަ އެކަން އަޅުގަނޑުމެން ދޫކޮށްލާފައޭ މިއުޅެނީ މި ގޭންގުތަކޭ ކިޔައިގެން މި އޮޅުވާލަން އުޅޭ އޮޅުވާލުމަކީ ރައްޔިތުން އަޅުގަނޑު ކުރިން ދެންނެވިގޮތަށް އަޅުގަނޑުމެން ފާސިޤަކު ދޮގު ޚަބަރެއް ގެނައީމަ އޭގެ ތެދުދޮގު ބަލާގޮތަށް ބަލާނަމަ ވަރަށް ފަސޭހައިން ވިސްނިވަޑައިގަންނަވާނެ ކަންކަން ކިހިނެއްކަން މިވަނީ. އެހެންމަ މިދެންނެވި ޒުވާނުންނަށް އޮތް ސިޔާސަތު އަޅުގަނޑުމެން ބަދަލެއް ނުކުރާނަން. އެހެންނަމަވެސް ޑްރަގް ޑީލްކޮށް ޑްރަގުން ވިޔަފާރިކޮށް އަޅުގަނޑުމެންގެ ސޮސައިޓީ ހަލާކުކޮށްލަން މިކުރެވޭ އިންޓެންޝަންގަ އެކަން ކުރަން އެއުޅޭ ފަރާތްތައް އެއްގޮތަކަށްވެސް އިސްލާޙު ނުވެ މުޖުތަމަޢަށް ފައިދާވާ ބަޔަކަށް ބަދަލުވާން ބޭނުންނުވާ އެކަހަލަ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުއަޅާ، ޑްރަގްގެ ވަބާ އިރާދުކުރެއްވިއްޔާ މުޖުތަމައުގެ ކޮންމެ، މީ މުޅި އާއިލާތަކަށް އަސްރުކޮށްފަ އޮތް ކަމެއް. އެހެންމަ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާނެ މިކަމުގަ. އެންމެންގެ އެހީތެރިކަމާއެކީގަ އިރާދުކުރެއްވިއްޔާމު ރާއްޖޭގަ މި ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުގެ ޢަޒުމް، އަޅުގަނޑަށް ޔަޤީން ރައްޔިތުންގެވެސް ޢަޒުމަށްވާނެކަން އެކަން، އެކަމަށްޓަކާ ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގަ އަޅުގަނޑުމެންގެ ޢަޒުމް ވަރުގަދަވާނެ.

އޮޅުވާ ނުލައްވާތި. އަޅުގަނޑު ކުރިން ދެއްކި ވާހަކަ އެޑިޓްކޮށްލާފަ، ވަރަށް މޮޅުކަމެއް އަދި އެވެސްކުރާ. އެޑިޓް ކޮށްލާފަ ނަގާނީ އެންމެ ތަންކޮޅެއް. ކުރީދުހުކުވެސް ދެންމެގަ ފަލާޙު އެ އިޝާރާތް ކުރެއްވި އަޅުގަނޑު އަންހެނުން 2022 ގަ މަޖްލީހަށް ފައްޔާޒްއަށް އެ ޒުވާބެއް ނޫން ދެއްތޯ. އެ ސުވާލާޢި ޖަވާބުދޭން ދިޔަ ސެޝަންއެއްގެވެސް އިން ހަމަ އެންމެ ތަންކޮޅެއް، އެއްގަޑިއިރާ ދޮޅުގަޑިއިރު ކަންނޭންގެ ސެޝަންއެއްގެ އެންމެ ތަންކޮޅެއްގަ ފައްޔާޒް ދެއްކި ވާހަކައަކަށް އެއްބާރުލުން ދޭގޮތަށް ތާއީދު ކުރަމޭ ބުނި ތަންކޮޅު، އަދި ތާއީދުގެވެސް ޖުމްލައިގެ އަނެއްބައި ކަނޑާލާފަ އެތަންކޮޅު ނަގާފަ މިއޮތީ ތާއީދު ކޮށްފައެއް ނޫންހޭ، މިހަރު މި ބަދަލު ކޮށްލަނީއޭ. އެކަހަލަ މޮޅެތި އުކުޅު ގެންގުޅޭ ބައެއްގެ ވާހަކަ މިދައްކަނީ، އެހެންވީމަ އަޅުގަނޑު ދެންމެ މިދެއްކި ވާހަކަވެސް އޮޅުވާލަން ވަރަށް މަސެއްކަތް ކުރާނެ.  

ހަމައެގޮތަށް ގޭންގްތައްވެސް، ހަމަ މިދެންނެވި ޑްރަގާ ގޭންގާ މީ ދެންނެވި މަފްހޫމް. ޒުވާނުން ބާރުވެރިކުރުވާ، ޒުވާނުން މެއިންސްޓްރީމް ކުރުވާ އެމީހުންނަށް ވަޒީފާތަކާ ގެދޮރާ ހުރިހާ ކަމެއް ހޯދައިދީ އެމީހުންނަކީ، އެމީހުންވެސް ބޭނުންވޭ އަބުރުވެރި ދިރިއުޅުމެއް އުޅެން. ތިމަންނަމެންނަކީ ފަޚުރުވެރި ޒުވާނުންނަށް ވާން ބޭނުންވޭ. އަޅުގަނޑާ އެތައް ބަޔަކު ބައްދަލުކުރި އެތައް ޒުވާނުންނެއް، ކެމްޕެއިން ތެރޭގަވެސް އަދި ކުރީގަ މޭޔަރަކަށް ހުރިއިރުވެސް. ޒުވާނުންގެ އެކްސްޕްރެޝަން ހުރީ އެގޮތަށް. ތިމަންނަމެން ބޭނުމޭ މުޖުތަމައަށް ކަމެއް ކޮށްދޭން. އެހެންވެ މެނިފެސްޓޯގަ އެހެރީ ހިމަނާފަ ކުދިކުދި ވިޔަފާރިތައް ފަށަން ފުރުސަތު ދޭގޮތަށް އަޅުގަނޑުމެން ކަންތައްތައް ކުރާނެ ކަމަށް. އެހެންވީމަ އެސް.އެމް.އީ ބޭންކު ތެރެއިން އަޅުގަނޑުމެން މިބަލަނީ އެ ފުރުސަތުތައް ކުރިއަށް އޮތް އަހަރުތެރޭގަ އިތުރަށް ފުޅާ ކުރަންވެސް. އެހެންމަ އެކަމަކާ މިއަކާ ނެތް ގުޅުމެއް.އަދި ކުރިން މިކަމުގެ ތެރޭގަ އުޅެފަ، މިދެންނެވި ގޭންގް ޑްރަގް ތެރޭގަ އުޅެފަ ރަނގަޅުވެފަ ތިބި މީހުންވެސް ކަންބޮޑުވޭ މި ދޮގުތަކުގަ ޖެހިފަ. އަޅުގަނޑު އެ ހުރިހާ ފަރާތްތަކަށްވެސް ދޭން ބޭނުންވާ ޔަޤީންކަމަކީ އެމީހުންނަކަށް ނޫނޭ މިވާހަކަ މި އަންނަނީކީ. ޑްރަގް ޑީލްކޮށް ޑްރަގްގެ ވިޔަފާރީގަ އުޅޭ ގޭންގްތައް ހިންގާ މާރާމާރީ ހިންގާ، މި ނުބައި ޢަމަލްތައް ކުރާ ފަރާތްތައް، އެކަން ދޫނުކޮށްލާ ފަރާތްތަކުގެ ވާހަކައޭ މި އަންނަނީ. އެހެންމަ މިގޮތަށް މަސެއްކަތް ކުރެވިއްޖެއްޔާ އަޅުގަނޑުމެންނަށް މިކަން ހައްލު ކުރެވޭނެ. 

- ރައީސް ޑރ. މުޙައްމަދު މުޢީއްޒު ޕީއެންސީ ހައުސް ޖަލްސާގަ ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން