ޤައުމު ސިއްސުވާލި ބީއެމްއެލްގެ ނިންމުމާއި ގުޅުންހުރި ޙަޤީޤަތްތަކަށް ބެލީމާ ކަންކަންކޮށްފައިވަނީ ގޯހުން ގޯހަށްކަން ސާބިތުވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 25ސ
ޤައުމު ސިއްސުވާލި ބީއެމްއެލްގެ ނިންމުމާއި ގުޅުންހުރި ޙަޤީޤަތްތަކަށް ބެލީމާ ކަންކަންކޮށްފައިވަނީ ގޯހުން ގޯހަށްކަން ސާބިތުވޭ!

އާދެ. ފުރަތަމަ ބަޣާވާތުގެ ވާހަކަ އަޅުގަނޑަށް ދެއްކިއްޖެ. އަޅުގަނޑުވެސް ވާހަކައެއްގޮތަށް މިރޭ ގެންދާހިތްވެގެން މިއުޅެނީ. ވާހަކަ ކިއުންތާ މި އޮންނަނީ ދެއްތޯ. އެހެންވީމަ ވާހަކައިގެ ދެވަނަ ބަޣާވާތް އިއްޔެގަ. މިކަމުގަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބޭންކުގަ ހަމަ ބޯރޑްއޮފް ޑިރެކްޓާރސްއާ ހަމައަށްވެސް ގެންނަ މައްސަލައެއް. ދެން އެކަން ކުރިގޮތް ބަލާނެ. އަޅުގަނޑު މިތާ އިންދަ އަޅުގަނޑަށް ލިބުނު ފުލުހުން ނެރެފައިވާ ނޫސްބަޔާނެއް. ފުލުހުން މިއޮތީ ނޫސްބަޔާނެއް ނެރެފަ. އިއްޔެ ހިނގި ކަންތައް އަދި އެކަމާ ގުޅިގެން އެވަގުތު ކުރީގެ އެމް.ޑީ.ޕީ ގެ ފިނޭންސްމިނިސްޓަރ ނޫސްކޮންފަރެންސް އެއް ދިނުމާ އަދި ސޯޝަލް މީޑިއާގަ މަގުމައްޗަށް މީހުން ނެރެން ކުރި ކަންތައްތާކާ މި ހުރިހާ ކަމެއް ގުޅިގެން މިހާރު ފުލުހުން ބަލާ މިންގަނޑުތަކުން މިކަމުގަ ޣައިރުޤާނޫނީ ގޮތެއްގަ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަކާ ދެކޮޅަށް ހިންގި ޢަމަލެއްގޮތުގަ ދޭހަވާ ހެކިތައް ހުރީމަ، ފުލުހުން މި މައްސަލަ ބަލަންފެށިވާހަކަ މިއޮތީ ނޫސްބަޔާނެއް ނެރިފަ. އެހެންމަ ބެލީމަ އިނގޭނީ. އަޅުގަނޑަށް އިނގޭ ކަމަކީ އަޅުގަނޑު ކުރި މަސައްކަތް. މީ އިއްޔެގަ އެ ނެރެން އުޅޭކަން އިނގުނު ހިސާބުން، ޕާސަނަލީ އަޅުގަނޑު ދިޔައީ ވަރަށް ގިނަ މަސެއްކަތް ކުރަމުން. އަދި ކަމާބެހޭ ވަޒީރުންވެސް.  އެހެންނަމަވެސް ހަމަ އަޅުގަނޑު ދަންނަވަމުން ދިޔަ އެއްވެސް ވާހަކައެއްވެސް އަޑުނާހަ އިއްޔެ ނިންމުން ނެރުނީ. 

ދެން ހަމަ އަނެއްކާވެސް އަޅުގަނޑު ވަރަށް މަސެއްކަތްކޮށް ވަރަށް ގިނަ ބޭފުޅުން އެހީތެރިކަން ދިން، ސަރުކާރުގެ ޑިރެކްޓަރުން. ސަރުކާރުގެ ދެން މީ ވަރަށް މީހުން ސުވާލު އުފެދިދާނެ ސަރުކާޜުގެ ބޭންކޭ، ދިވެހިންގެ ބޭންކް ސަރުކާރު މެޖޯރިޓީ ހިއްސާ އޮންނައިރު ކިހިނެއްހޭ ތި ހެދީ. އެތާ ތިބީ އަދި ސަރުކާރުގެ 4 ޑިރެކްޓަރުން، ދެން މި 5 މީހުންނަކީ ސަރުކާރު ޑިރެކްޓަރުންނެއް ނޫން، އެހެންމަ އަދި ނެތް މެޖޯރިޓީއެއް. އަޅުގަނޑުމެންގެ 2 ޑިރެކްޓަރުންގެ ނަން ފޮނުވައިގެން އަދިވެސް އެބޭފުޅުންގެ އެ އޮންނަ ޕްރޮސީޖާގެ ތެރެއިން އަދި ދެތިން ހަފްތާ ވާނެ އެމީހުން އައްޔަން ކުރަން. އަދި ޗެއާމަންވެސް އައްޔަން ނުކޮށް، ނަން ފޮނުވާފަ ވާނީ. ޗެއާމަންވެސް އައްޔަން ނުކުރޭ. އެހެންވީމަ އަޅުގަނޑުމެންގެ މެޖޯރިޓީއެއް ނެތް އެތާނގައެއް. އެހެންނަމަވެސް ޕްރައިވެޓް ޑިރެކްޓަރުންގެ ތެރޭގަ ހިމެނޭ ބޭފުޅުން ރިޕްރެޒެންޓް ކޮށްދޭ ނިސްބަތްވާ އިސްބޭފުޅުންގެ ތެރެއިން ހަމަ އަޅުގަނޑު ފާހަގަކޮށްލަން  ޗަންޕާ މުޙައްމަދު މޫސާ އާއި ހުސެއިން އަފީފް ވަރަށް އެހީތެރިކަން ހަމަ ދެއްވި. ދެއްވައިގެން އެބޭފުޅުންނަށް ރިޕްރެޒެންޓްވާ ޑިރެކްޓަރުންނާ ވާހަކަ ދައްކަވައި އެބޭފުޅުންގެ ސަޕޯޓާ އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ސަޕޯޓާ އެކީގަ ދެން އެ ކުރެވުނު މަސެއްކަތުން އިއްޔެ އަޅުގަނޑުމެން ކެބިނެޓް ހަމަ ފެށުނިއްސުރެ ކުރިއަށް ގެންދިޔައިން، މިކަމުގަ މސެއްކަތް ކުރަމުން ދިޔައީ. ކޮށްގެން އިއްޔެ ހަވީރުވީއިރުގަ އެ ނިންމުން ބާތިލް ކުރެވުނީ. 

އެހެންވީމާ ވަރަށް ގިނަ މަސެއްކަތްތަކެއް ހަމަ ދުރާލާ ރޭވިގެން އޭގެކުރިން މިތާ ކައިރި ޤައުމެއްގައި މަގުމައްޗަށް ރައްޔިތުން ނިކުތްތަނުގެ މިސާލު ދައްކާ ހިތްވަރުދީ ދެން މިހެންގޮސް ވަރަށް ގިނަ ކަންތައް ކުރަން މަސެއްކަތް ކުރި ނޫންތޯ. ވަރަށް މަސެއްކަތްކުރި. މީ ރޭވިގެން ހިނގިކަމެއް. އެ ކުރި ގޮތެއް ބެލުން ފުލުހުން އެއޮތީ ފަށާފަ. ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުންގެ އިދާރާއަކަށް އަދި ސިފައިންގެ އިދާރާއަކަށް، ސިފައިންނަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެބޭފުޅުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަކަމެއް ފެނުނީމަ އެދާނީ ރައްޔިތުންނާވެސް ހިއްސާ ކުރަމުން. 

މިކުރިކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމަ މިދެންނެވި ހުރިހާ ޑޮޓްތަކެއް ގުޅިގެން ދާކަން އިނގޭނެ. މި ކުރިކަންތައް މީ ހަމަ ޝިޔާމްވެސް ފާހަގަކުރި ގޮތަށް މިވާނީ ހަމަ އެޓެމްޕްޓް 2 އަކަށް. އެ ކުރިބަޔަކު ކުރީ. އެހެންމަ ސަރުކާރު ޣައިރުޤާނޫނީ ގޮތެއްގަ ބަދަލުކުރުމަށް، އަދި އެނޫންވެސް ޣައިރުޤާނޫނީ ގޮތެއްގަ ރައްޔިތުންގެ ނިންމުން ބަދަލުކުރުމަށް ކުރާ މަސެއްކަތް، ޤާނޫނުއަސާސީގަ އޮންނަ ގޮތަކަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގަ ފުރިހަމަ ބާރާއި އެކުގަ ޤާނޫނުއަސާސީގަ އޮންނަގޮތަށް ހުރިހާކަމެއް އަޅުގަނޑުމެން ކުރާނަން.

އަދި އެކުރާ ތަހުޤީގަކުން އެ ފާހަގަވާކަމެއް ތަންފީޒް ކުރުމުގަ ކުށްވެރިވަނީ ކޮންމެމީހަކަށްވިޔަސް އެމީހަކާ ދޭތެރޭގަ ޝަރީއަތަށް ފޮނުވައިގެން އެމީހަކަށް އެކަން ސާބިތުވެއްޖެއްޔާ، ޝަރީއަތަކަށްވެސް މިސަރުކާރަކުން ނުފޫޒެއް ނުފޯރުވާނެ. އެކަން ނިމިއްޖެ 17 ނޮވެމްބަރުގަ. އެކަން ސާބިތުވާނެ ކުރީގެ ރައީސް ޔާމީނު މިނިވަންވުމުންވެސް. އެމަނިކުފާނު މިނިވަންވީ ރައީސް އޮފީހުން ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުނީމަ. އެކަން ހުއްޓާލީ އަޅުގަނޑު، 17 ނޮވެމްބަރުގަ އަޅުގަނޑު އިއުލާނު ކުރިން މިހިނދުން މިހިނދަށް ޝަރީއަތަށް ޖުޑިޝަރީއަށް ނުފޫޒު ފޮރުވުން ނިމުނީއޭ. ނޯއްނާނެ މިހާރު ޖުޑިޝަރީއަށް ނުފޫޒެއް ނުފޯރުވާނެ އެކަކުވެސް. އަޅުގަނޑެއް ނުފޯރުވަން، ކެބިނެޓްގެ އެއްވެސް މީހެއް ނުކުރާނެ، އައްޔަންކޮށްފަ ހުރި އެއްވެސް މީހެއް ނުކުރާނެ، ރައްޔިތުން މަޖްލީހުގެ އެއްވެސް މެންބަރެއް ނުކުރާނެ. އެއްވެސް މީހަކު ނުކުރާނެ. އެހެންވީމަ މިސަރުކާރަކުން ނުފޫޒެއް ނުފޯރުވާނެ. އެހެންވީމަ މިނިވަންކަމާއެކު މި މައްސަލަ ބަލާ ހުކުމެއް މީހަކަށް އައިއްސިއްޔާ ތަންފީޒް ކުރުމުގަ ފަހަތަކަށް ނުޖެހޭނަން. 

އެއީ ޢަދުލުވެރިކަމަކީ. ﷲ އަންގަވާފަވަނީ ޢަދުލުވެރިކަމާއެކީގަ މީހުންނާ ދޭތެރޭގަ ޢަދުލުވެރިކަމާއެކީގަ ހުކުމް ކުރަން. އެހެންވީމަ ޢަދުލުވެރިވުމަކީ ބަދަލު ހިފުމެއް ނޫން. އަޅުގަނޑު ދެންނެވިން މިރާއްޖެއަކު ދެން ބަދަލެއް ނުހިފާނެއޭ ސަރުކާރަކުއެއް. ސިޔާސީގޮތުންނެއް، ސިޔާސީމީހަކަށް ވެގެންނެއް އަޅުގަނޑު އެމީހަކު ގެންގޮސް ސުވާލުކޮށް ހައްޔަރެއް ނުކުރާނަން. ވަރިހަމަ ކިތަންމެ ވަރަކަށް ކިތަންމެ ބައިވަރު ދޮގެއް ހެދިޔަސް. ހަދާވަރަކަށް ދޮގުހަދަން ހިތްވަރެއް ނުދެން، ހަދާބަޔަކު ހަދަންޏާ ހަދަންވީ. އެކަމަކު ހައްޔަރެއް ނުކުރާނަން ސުވާލުކުރާކަށްވެސް ސިޔާސީވެގެނެއް ނުގެންދާނަން. އެހެންނަމަވެސް ޤާނޫނުތައް މުގުރާ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކުރާ އެއްވެސް ކަމަކީ އެއީ ދޫކޮށްލެވޭނެކަމެއް ނޫން. އެކަންކަމުގަ ޤާނޫނީވެރިކަން މިތާ އޮތްކަން ކޮންމެ މީހަކަށް އިޙްސާސް ކުރެވޭނެ މިސަރުކާރުގަ. އެއީ ޢަދުލުވެރިކަމަކީ، އެއީ އިންސާފަކީ. އެހެންމަ އެގޮތަށް އަޅުގަނޑުމެން ކަންކަން ކުރިއަށް ގެންދާނީ.

 

- ރައީސް ޑރ. މުޙައްމަދު މުޢީއްޒު ޕީއެންސީ ހައުސް ޖަލްސާގަ ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން