ގޮތް ހުސްވީމާ ދޮގުފެތުރުން ނޫންކަމެއް ނުކުރެވޭނެ! ދުނިޔޭގެ ޒިންމާދާރު އިދިކޮޅު ޕާޓީތަކުން ޢަމަލުކުރާ ގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 3ސ
ގޮތް ހުސްވީމާ ދޮގުފެތުރުން ނޫންކަމެއް ނުކުރެވޭނެ! ދުނިޔޭގެ ޒިންމާދާރު އިދިކޮޅު ޕާޓީތަކުން ޢަމަލުކުރާ ގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެދެއްވައިފި

ޒިންމާދާރުވުމަކީ ތެދުބަހުން ވާހަކަ ދައްކައިގެން، ސަރުކާރުން ގޯސްކަމެއް ކުރާނަމަ އެކަމެއް ރައްޔިތުންނަށް ކިޔައިދިނުމާއި، އަދި ސަރުކާރުން ގޯސްކަމެއް ނުކުރިއަސް އެ ކުރާކަމެއް އެއަށްވުރެ ރަނގަޅަށް ތިމަންނަމެން ކުރާނެގޮތް ކިޔައިދިނުމާއި، އަދި ސަރުކާރުން ރަނގަޅު ކަމެއް ކުރާނަމަ ޤައުމަށް މުހިއްމު ކަމެއް ކުރަންޏާއި އެކަމުގަ ބައިވެރިވުމާއި، މީ ޒިންމާދާރު އޮޕޮޒިޝަނަކުން ކުރާކަމަކީ. އިނގިރޭސި ވިލާތް ތިބޭފުޅުންނަށް އެންމެ ފޭވަރިޓް ތަން. އަޅުގަނޑުވެސް 8 އަހަރު ކިޔެވިތަން. އިނގެރޭސިވިލާތުގަ ހަމަ ވަރަށް ގިނައިން ފެންނާނެ އޮޕޮޒިޝަންއިން އިސްވެ ތަޢުރީފް ކުރާނެ ވެރިކަން ކުރާ ޕާޓީން ޤައުމަށް ފައިދާހުރި ކަމެއް ކޮށްފިއްޔާ. އެއީ ޒިންމާދާރު ވުމަކީ.

އެކަމު މިރާއްޖޭގަ އަދި އިދިކޮޅު މިކިޔަނީ ލަފްޒީމާނައިގައި އިދިކޮޅުވުން. ދޮގު ހަދައިގެން ވިއަސް އިދިކޮޅުވުން. އެއީއެއްނޫން އަސްލު ޙަޤީގަތުގަ ދިވެހި ރައްޔިތުންނަށް ފައިދާހުރި ގޮތަކީ. ދެން އަޅުގަނޑުމެން އެކަމަކު ސީރިއަސްކޮށް އެބަ ވިސްނަންޖެހޭ މި ދޮގުތައް ކުރިމަތީގަ ކިހިނެއްތޯ ހަދާނީ. އަޅުގަނޑުމެން އެބަޖެހޭ މި ދޮގު ހެދުމުގަ މިގެންގުޅޭ ޕެޓާރންއާމެދުގަވެސް ވިސްނާލަން ކޮންމެސްވަރަކަށް. ދޮގު ހަދާއިރުގަ އެންމެ ޤަބޫލުކުރަން ފަސޭހަވާގޮތަށް ދޮގުހަދާކަންވެސް ފާހަގަކުރެވޭ. ކުޑަތަންކޮޅެއް ތެދު ހިމަނާލާފަ ދެން ހުސް ދޮގު.  

މިކަމުގަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ މި އެމް.ޑީ.ޕީ އުފެދިގެން އައިއިރުގަ، ޑިމޮކްރެސީ އުފެދިގެން އައިއިރުގަ އިނގިރޭސިވިލާތުގަ ދެން ބޮޑަށް މިކަން ވެބްސައިޓްތައް ހެދިގެން ދިޔައީ. އެންމެ ބޮޑަށް ހިނގި އެއް ވެބްސައިޓުގެ އޯތަރ ކަމަށް ދަންނަވަމާ. އޭރުގަ އަޅުގަނޑު އިނގިރޭސިވިލާތުގަ ހުރީ. އަޅުގަނޑުގާތުގަ އޭރު ވިދާޅުވި " ތިމަންނައަށް ބޭނުންވަނީ ކުޑަކުޑަ މައުލޫމާތުކޮޅެކޭ ހެޑްލައިންގަ ޖަހާލާނެ. ދެން މުޅި އާޓިކަލް ތިމަންނަ ހަދާލާނަމޭ." އެހެންއޭރު ހެދީ. ހަދައިގެން ރައްޔިތުންގެ ހިތުގަ ސަރުކާރާމެދުގަ ނަފްރަތު އުފައްދާ، ވެރިންނާމެދުގަ ނަފްރަތު އުފައްދާ، ވެރިންނާ ދިމާލަށް އެއްޗިހިކިޔާ، ހަޑިހުތުރު ބަހުން ވާހަކަދައްކާ، މިކިޔާ ހަޔާތް، ރައްޔިތުންގެ އެ އޮންނަންޖެހޭ ރިވެތި އަޚުލާޤު ރެސްޕެކްޓު ކުރުމާ މި ހުރިހާ ކަމެއް ނައްތާލީ، އެއްކޮށް ނައްތާލ. ވަރަށް ހިތާމަ ހުރި ކަމެއް. އެކަން އަދިވެސް ކުރެވޭތޯ މި ބަލަނީ. ދޮގުހަދަނީ، ކުޑަކުޑަ ޙަޤީގަތެއް ހިމަނާފަ ދެން ހުސް ދޮގު. މިހާރު މި ދިމާވާކަމަކީ، މިއަދު މިތަނަށް އަންނަންއުޅެނިކޮށް އަޅުގަނޑަށް ސޯޝަލް މީޑިއާއިން މިދިމާވަނީ މިކަހަލަ ކަމެއް. ދޮގެއް އަނެއްކާވެސް އަޅުގަނޑާ ބެހޭގޮތުން، ދެން ކޮންމެ ދުވަހަކުވެސް ހުރޭ ބައިވަރު ދޮގު އަޅުގަނޑާ ބެހޭގޮތުން.  

އޭގެތެރެއިން އެއް ދޮގަކީ އަޅުގަނޑު އާރަށުގަ ފާހާނައިގަ ހުއްޓަ ވެއްޓުނީ. ވެއްޓިގެން ހޮސްޕިޓަލަށް ގެނެސް ވަރަށް ބޮޑަށް ބަލިވެގެން އުޅެނީ. ދެން އަދި އިތުރުވި ބަޔާ އެއްކޮށް ކިޔާލަދޭނަން. ރޭގަ މަޖީދިއްޔާ ސްކޫލްގެ ޖަލްސާގަ ނިންމާލާފަ ވަރަށް ބޮޑަށް އަޅުގަނޑަށް މައިގްރޭން އައިކަމަށްވޭ، ސިވިއާ މައިގްރޭންއެކޯ އައީ. އައިސްގެން މިރޭ އަޅުގަނޑު އެބަ ފުރާ ސިންގަޕޯއަށް. މިދަންނަވަނީ މީގަ ވާގޮތް. ތެދު އެބަހުރި މީގަ. ތެދަކީ އަޅުގަނޑު މީގެ ދެތިންދުވަސް ކުރިން ދިޔައިން ހޮސްޕިޓަލަށް. ދިޔައީ އަޅުގަނޑަކީ ދެން މާ ކުޅިވަރުގެ މީހެއް ނޫނަސް، ހަފްތާއަކު ތިންދުވަހު ފުޓްބޯޅަ ކުޅެވޭތޯ ބަލަން އާރަށުގަ އޮންނަ ދަނޑުގަ. އެންމެ ފަހުން ކުޅުން ރޭ އެދެން ވަރަށް ޕިޒިކަލްކޮށް އަޅުގަނޑުމެން ވަރަށް ފޯރީގަ މި ކުޅެނީ، މިތާތިއްބަވާނެ ކުޅެ ގިނަ ބޭފުޅުން. ދެން އަޅުގަނޑުއެ ވީ ގޮތަކުން ކުޑަ އެންޖެރީއެއްލިބުނީ. އަޅގަނޑު ހޮސްޕިޓަލަށް އެރޭ އައިން. ދެން ދަންވަރުވަނިކޮށް އާދެވުނީ. ދެން ފެންނާނެ ހަމަ އެތާ މަގު، ދެން ކޮންމެއަކަސް ޓްރެފިކް ހިފަހައްޓާފަތާ އަޅުގަނޑު ވަންނާނީ. ވަންނައިރުގަ، ލަނބާލިއިރުގަ އެތައް ބަޔަކަށް ފެންނާނެ. އެހެންވީމަ ހޮސްޕިޓަލަށް އައިއްސިނޫންތޯ. ފާހާނައިގަ ވެއްޓިގެނެއްނޫން މިއުޅުނީކީއެއް، އެޔޮތީ ދޮގުބައި އައިއްސަނޫންތޯ. ދެން ޑޮކްޓަރާ ހަވާލާދީ ޑޮކްޓަރެއް އެއްވެސް މައުލޫމާތެއް ނުދޭ. އެއޮތީވެސް ދޮގު. މިހެން އައިސް އޭގެތެރެއިން ބައިވަރު ދޮގު އިތުރުވެގެން ދިޔައީ. ދެން އަޅުގަނޑާ އެއްވެސް ގޮތަކަށް ބައްދަލެއް ނުވޭ، އެއްވެސް ސީރިއަސް ޑިސްކަޝަނެއް ހިންގާކަށް ފުރުސަތެއް ނުލިބޭ، މިހުރިހާ ވާހަކަތަކެއް އެޑްވީމާ މިހެން އުޅެނިކޮށް އަޅުގަނޑު މިތާ ކައިރި ކެފޭއެއްގައި ކޮފީއެއްބޯން އިންތަން ކޮންމެސް ބަޔަކު ފޮޓޯނަގާފަ ލީކްކޮށްލައިފި. ކޮށްލީމަ ބަދަލުވެއްޖެ ވާހަކަ. އެހާބޮޑު އެންޖަރީއެއް ނުވެއޭ، ވަރަށް ކުޑަކުޑަ އެންޖަރީއެކޭވީ. ދެން ރޭގަ ޖަލްސާ ނިންމާފަ މިއައީ ސިވިއާ މައިގްރޭންއައީ ކޮންތާކުން ކަމެއް އަޅުގަނޑަކަށް ނޭންގެ. ގައިމުވެސް އެކަމެއް ނާދެ. އެކަމް މިރޭ އަޅުގަނޑު މިދެންނެވި އެންޖަރީވެގެން މާލޭގައި ޑޮކްޓަރަށް ދައްކާފަ ސެކަންޑް އޮޕީނީއަންއަކަށް، އަދި މީގެ 2 އަހަރުކުރިން އަޅުގަނޑު ކުރި ސާޖަރީއެއްގެ ރެގިއުލާ ޗެކްޕްވެސް އޮތީމަ މިރޭ އެބަދަން ސިންގަޕޫރަށް 2 ދުވަހަކަށް. އެހެންމަ ތެދު އައިއްސިނޫންތޯ. 2 ދުވަހަށް އެބަދަން. މިގޮތަށް ދޮގުހަދަނީ. ދެން ކިހާ ކްރެޑިބަލް ނޫންތޯ މިމީހުންގެ ވާހަކަތައް.  

އަޅުގަނޑުމެން ވަރަށް މުސްލިމުންނަށް ވީތީ އެބަޖެހޭ ވިސްނަން. ދީނުގަ އޮންނަނީ ކީކޭތޯ؟ ދީނުގަ އޮންނަނީ ފާސިޤު ގެންނަ ޚަބަރެއް ތެދުތޯ ބަލާފަ ނޫނިއްޔާ ޤަބޫލު ނުކުރާށޭ. ކީރިތި ޤުރުއާނުގެ އާޔަތުގަވެސް މިއޮންނަނީ (އަރަބި) ޢީމާންވީ މީހުންނަށް މި އޮންނަނީ. ޢީމާންތެރިންނަށް އޭގެން އަސަރެއް ކުރާނީ. ޢީމާންވީ މީހުންނަށް މި އޮންނަނީ ވަޙީކުރައްވާފަ. " ފާސިޤަކު ޚަބަރަކާއިގެން އައީމަ އޭގެ ތެދު ދޮގު ބަލާފަ ނޫނިއްޔާ ޤަބޫލު ނުކުރާށޭ." އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން. އެހެންމަ ސޯޝަލްމީޑިއާއެއް ނޫން ކޮންމެ ތާކު ވިއަސް، އަދި އެއީ ކިތަންމެ ސީނިއާ މީހެއް ވިއަސް، ސީނިއަރ ސިޓިޒަންއެއްވިއަސް ކޮންމެ މީހެއް ވިއަސް، ކުރިމަތީ ހުރެގެންވިއަސް، ފަހަތުގަ ހުރެގެން ވިއަސް، ކާކުކަމެއް ނޭންގޭ ވެބްސައިޓްތަކުގަ ވިއަސް އަދި ރަސްމީކޮށް ރަޖިސްޓަރ ކޮށްގެން ހިންގާ ވެބްސައިޓެއްގަވިއަސް، ނޫހެއްގަވިއަސް، ކޮންމެތާކު ލިޔާ އެއްޗެއްވިއަސް އެއި ތެދެއްތޯ ދޮގެއްތޯ ބެލުމުގެ މައްސޫލިއްޔަތު، ވާޖިބު ﷲ ސުބުޙަނަހޫ ވަތަޢާލާ މުސްލިމުންނަށް މިއޮތީ ޢީމާންވީ މީހުންނަށް އަމުރު ކުރައްވާފަ ކުރަން. އެހެންވީމަ އަޅުގަނޑުމެންނަކަށް ނެތެއްނޫންތޯ އެކްސްކިއުޒްއެއް މިކަހަލަ މޮޅެތި ދޮގު ހެދިޔަސް، ފޭކު ދޮގު 100 ޕަސެންޓް ދޮގުހެދިޔަސް، 100 ޕަސެންޓް ބައިވަރު ދޮގުހަދާ އިނގޭތޯ ހުސްދޮގު ހިމެނެ ދޮގުވެސް. އެއީ ބުހުތާނު ދޮގު. ހުރިހާ ދޮގެއް ހަދާއިރުވެސް މުސްލިމުންނަށް ވީތީ އެބައޮތްނޫންތޯ ޒިންމާއެއް، އެބައޮތް ޒިންމާއެއް. އެހެންވީމަ ދޮގުހަދާ މީހުން ހަދާނެ. ރަސޫލު ޒަމާނުގަވެސް ދޮގުހަދާ. އެހެންވީމަ ދޮގުހަދާމީހުން ހަދާ، ދޮގުހަދާ މީހުން ބައިތިއްބަންވީ. އަޅުގަނޑުމެން ޢީމާންވީ ފަރާތްތަކުން ކުރަންވީކަމަކީ، މުސްލިމުން ކުރަންވީކަމަކީ، ﷲ ބާއްވާލެއްވި އާޔަތްތަކަށް ޢީމާންވާފަރާތްތަކުން ކުރަންވީކަމަކީ ތެދުދޮގު ބަލަންވީ މިކަމުގެ އަމިއްލަ ޒިންމާއެބައޮތް. އޭރުން މި ފިތުނަތަކަކަށް ނުލިބޭނެ ޖާގައެއް. އޭރަކުން ނުލިބޭނެ ޖާގައެއް. އެހެންވީމަ އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ އެގޮތަށް އެކަން ކުރުމަށް.  

- ރައީސް ޑރ. މުޙައްމަދު މުޢީއްޒު ޕީއެންސީ ހައުސް ޖަލްސާގަ ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން