ރައްޔިތުންގެ ނިންމުން ބޮލާލާޖަހާފަ ވެރިކަން ވައްޓާލަން އެމްޑީޕީން ކުރަން އުޅުނު ފުރަތަމަ ބަޣާވާތް ނާކާމިޔާބުވީ ﷲ ގެ މަތިވެރި ރޭއްވެވުންތެރިކަމުން‍: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ރައްޔިތުންގެ ނިންމުން ބޮލާލާޖަހާފަ ވެރިކަން ވައްޓާލަން އެމްޑީޕީން ކުރަން އުޅުނު ފުރަތަމަ ބަޣާވާތް ނާކާމިޔާބުވީ ﷲ ގެ މަތިވެރި ރޭއްވެވުންތެރިކަމުން‍: ރައީސް

އާދެ، މި މަސެއްކަތް އަޅުގަނޑުމެން ރައްޔިތުން ދިވެހިންގެ ރާއްޖެއެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެންނާ ހަވާލު ކުރައްވައިގެން ފެށީ ވަރަށް ގަދަ ކަނޑެއްގަ. ރައްޔިތުންގެ މަޖްލީހުގެ އެއްވެސް ވަރެއްގެ ބާރެއް އަޅުގަނޑުމެންގެ އޭރުގެ ނެތް، ހަނދުމަފުޅު ހުންނާނެ އެއްވެސް ބާރެއް ނެތް. އަޅުގަނޑުމެންގެ ތިއްބެވި ބައެއް ޢިއްޒަތްތެރި ބޭފުޅުންވެސް އަޅުގަނޑުމެންގެ ކެބިނެޓްގަ ހިމަނުއްވަން ބޭނުންވީމަ އެބޭފުޅުން ހަމަ މަޖްލީސްގެ ގޮނޑި ހުސްކުރައްވާ ރައްޔިތުންނަށްޓަކާ އަޅުގަނޑުމެންގެ ކެބުނެޓާ ގުޅިވަޑައިގަތީމަ އަދި އިތުރައް މަދުވީ. އެ ހާލަތުގަ ފުރަތަމަ އޭރުގައޮތް މަޖްލީހުގަ އެ ކޮންޓްރޯލް އޮތް ބޭފުޅުން ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ބޮލާލާ ޖައްސަވާ ދުނިޔޭގެ އެހެން އެއްވެސް ޑިމޮކްރެޓިކް ނިޒާމެއްގަ، އެއްވެސް ޑިމޮކްރެޓިކް ޤައުމެއްގަ ނުކުރާގޮތަށް ކަންކަން ކުރަން ފެށްޓެވީ. ބަޣާވާތް ކުރަން މަސެއްކަތް ކުރެއްވީ. ރައްޔިތުންގެ މަޖްލީހުގެ ތެރެއިން އެކަން ކުރަން ފާޅުގަނޫންތޯ އެ މަސެއްކަތް ކުރެއްވީ، ކެތް ނުވެގެން އެންމެ ފަހުން ޕޯޑިއަމް ތަކުގަވެސް އެކަމަށް ގޮވާލަމުން ދިޔައީ. އެހެންނަމަވެސް އޭރުގަ އަޅގަނޑުމެންގެ ތެރޭގަ ތިއްބެވި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖްލިސް ބައެއް މެންބަރުންގެ ވަރުގަދަ ހިތްވަރާ އަދި އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވަން އެ ޑިމޮކްރެޓިކް ނިންމުމަށް އިޙްތިރާމް އަދާކޮށް ޤައުމީ ވިސްނުމުގަ އޭރު އެމް.ޑީ.ޕީ ގަ ތިއްބެވި އެތައް މެންބަރުންނެއް، 14 ވަރަކަށް މެންބަރުން އަޅުގަނޑުމެންނާ 15 ވަރަކަށް މެންބަރުން ގުޅިވަޑައިގެންނެވުމަށް ނިންމަވާ މި ޤައުމީ މަސައްކަތާ ގުޅިވަޑައިގަތީ. އެކަމަށްޓަކާ އަދިވެސް މިއަދުވެސް އެބޭފުޅުންނަށް ޝުކުރު ދަންނަ ވަން. އެކަން ކުރެއްވުމުން އެ ބަޣާވާތް ނުކުރެވުނީ، ބަޣާވާތް ފެއިލްވީ. ﷲ ގެ މަތިވެރި ރޭވުންތެރިކަން. 

ދެން ރައްޔިތުން މި ނިންމީ އެކަމަކަށް ދެން ފުރުސަތެއް ނުދޭނަމޭ، މަޖްލީސް އިންތިޚާބުގެ ކެމްޕެއިން ތެރޭގަވެސް ހަނދުމަފުޅު ހުންނާނެ ދިވެހި ލޮބުވެތި ރައްޔިތުން، އެބޭފުޅުންގެ ކެމްޕެއިންގަވެސް ކީ ކީކޭތޯ؟ މަޖްލިސް ތިމަންނަމެންނަށް ދޭށޭ، އޭރުން މި ވެރިކަން ބަދަކު ކުރާނަމޭ. ރައްޔިތުން ދެންނެވީ ތިމަންނަމެން ބޭނުމެއް ނޫނޭ ތިކަމެއް. ތިމަންނަމެން ދިވެހީންގެ ރާއްޖެ ގެންނަން ބޭނުންވީ ޙަޤީގީ މާނައިގަވެސް މިތަނުގަ އިސްލާމް ދީން ނެތިގެން ދިއުމާއި، ދިވެހީންގެ މިނިވަންކަން ބީވެގެން ދިއުމާއި، ދިވެހީންގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވައްޓާލައިފައި އޮތުމާއި އެކުގަ، އެ ހުރިހާ ކަމެއް ބަދަލު ކުރުމުގެ ބޭނުމުގަ ހިތާއި ރޫޙުންނޭ ދިވެހީންގެ ރާއްޖެ ގެންނަން ނިންމީ. އެހެންވީމާ އެކަން ފުރިހަމަ ކުރުމަށްޓަކާ މަޖްލީސްވެސް އަޅުގަނޑުމެން ހަވާލުކުރާނީ މިކަން ކުރުމަށްޓަކާ ތިމަންނަމެން ރިޔާސީ އިންތިޚާބުގަވެސް ހަވާލު ކުރި ފަރާތާއޭ. އެގޮތުން އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖްލީހުގެ ސުޕަރ މެޖޯރިޓީއެއް އަޅުގަނޑުމެންނަށް ދެއްވީ. އެކަމަށްޓަކާ މިއަދުވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. 

- ރައީސް ޑރ. މުޙައްމަދު މުޢީއްޒު ޕީއެންސީ ހައުސް ޖަލްސާގަ ދެއްކެވި ވާހަކަފުޅުން

 

މިއަދު އޮންލައިން