(ޤައުމުގެ ޙާލަތު ރަނގަޅުކުރުމުގެ) މަސައްކަތް ހަމަ ފުރަތަމަ ދުވަހު ފެށިގޮތަށް 17 ނުވެމްބަރު 2023 ގަ އަޅުގަނޑުމެން ފެށިގޮތަށް މިދަނީ ކުރަމުން. އެދުވަހުވެސް އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނާ ހަވާލުވި، އެދުވަހަކީ 17 ނޮވެމްބަރުގަ، މަޤާމާ ހަވާލުވެ ފުރަތަމަ ރައްޔިތުންނާ ވާހަކަ ދެއްކި ދުވަހު އަޅުގަނޑު ދެންނެވިން ޤައުމު އޮތް ހާލަތު. އިޤްތިޞާދީގޮތުން ވަރަށް ފުން، ވަރަށް ފުން އަނދަވަޅަކަށް ވައްޓާލާފަ އޮތީ. އެއީ އަޑި ނޭންގޭ ފުން އަނދަވަޅެއްކަން އަޅުގަނޑުމެންނަށް އިޙްސާސްވާން ފެށީ އެ މަސެއްކަތް އަޅުގަނޑުމެން ރަނގަޅު މަގުން ގެންދަންފެށީމަ. މި ދެންނެވީ ކީކޭތޯ؟ އެ ހާލަތަށް ވައްޓާލުމުގަ އެންމެ ބޮޑު ސަބަބަކަށް ވީ ފައިސާ ޗާޕުކުރި އިންތިހާއަށް. 8000 މިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ ސަބަބުން. 8000 މިލިއަން ރުފިޔާގެ ފައިސާ އެންމެ 5 އަހަރު ތެރޭގަ ޗާޕުކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދު އެހާ ބޮޑު އަނދަވަޅަކަށް އަދި އިންތިހާއަށް ލޯނު ނެގުމުގެ ސަބަބުން. އިންތިހާއަށް ބޮޑެތި އިންޓްރެސްޓް ރޭޓް ތަކުގަ. އެކިއެކި ކަންކަމުގަ ނަގާ އަދި މަސެއްކަތެއްވެސް ނުކޮށް. މި ހުރިހާ ކަމެއްގެ ތެރެއިން އަދި ކޮވިޑްގެ ތެރޭގަ އެ ދިޔަ ދުވަސްކޮޅު އިންތިހާއަށް އިސްރާފުކޮށް އޭގެން ވައްކަންކޮށް އެތައް ކަމެއް ރައްޔިތުންނަށް ގެއްލުންވާގޮތަށް ކުރުމާ، ބައިވަރު ކަންތަކާހެދި އިޤްތިޞާދު ފުން އަނދަވަޅަކަށް ވެއްޓިފަ އޮތީ.
އަޅުގަނޑުމެން ނިންމީ ފައިސާ ޗާޕު ނުކޮށް މި މަސެއްކަތް ކުރަން ނިންމަން. އެއީ އިޤްތިޞާދީ ހުރިހާ މާހިރުން، ދުނިޔޭގެ އެހެން ހުރިހާ ޖަމިއްޔާތަކެއް އައި.އެމް.އެފަ، ވޯލްޑް ބޭންކް އަދި އެހެން ފަރާތްތަކުންވެސް ފާހަގަ ކުރާ އެންމެ އަސާސީ ކަމަކީ ފައިސާ އިތުރަށް ޗާޕު ނުކޮށް ދެން ކަންކަން ރަނގަޅުކޮށް ރިޒާވް ވަރުގަދަކޮށް ދެން ހުރި ކަންކަން ރަނގަޅުކުރަން މަސެއްކަތް ފެށީމައޭ ރަނގަޅު މިސްރާބުން ދާނީ. އެ މަސެއްކަތް އެގޮތަށް ފެށުމުގެ ސަބަބުން އަޅުގަނޑުމެންނަށް އިޙްސާސްވާންފެށީ ވެއްޓިފައިވާ ފުން އަނދަވަޅު. އިރާދުކުރެއްވީތީ މި ކުރެވޭ މަސެއްކަތް އަޅުގަނޑުމެން ކާމިޔާބު ކުރާނީ މިދެންނެވި ހަރުދަނާ އަސާސްގެ މަތީގައި ތިބެގެން.
އަޅުގަނޑަށްވެސް ވަރަށް ޓެމްޕްޓްވޭ ފަސޭހަގޮތް ޗޫޒް ކުރަން. އަޅުގަނޑުމެންގެ ކައިރީގަ ތިއްބެވި އަޅުގަނޑުމެންގެ ހުރިހާ ބޭފުޅުންނަށްވެސް މި ޕްރެޝާގަ ވަރަށް ބޮޑަށް އެބަ ވާހަކަދެކެވޭ ފައިސާ ޗާޕު ކުރަން. އެހެންނަމަވެސް ޓެކްނިކަލީ ޕްރޮފެޝަނަލީ ބަލާއިރުގަ އެއީ އެއްގޮތަކަށްވެސް ރައްޔިތުންނަށް ފައިދާހުރި ގޮތެއް ނޫން. އެހެންމަ އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގަ ސަސްޓެއިން ކުރެވޭ ގޮތެއްގަ އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކާ މަސެއްކަތް ކުރަން. އެއީ އިޚްލާސްތެރިކަމާ އެކީގަ އަޅުގަނޑުމެން މަސެއްކަތް ކުރަން ބޭނުންވާތީ. އީޒީވޭ އައުޓެއް ބޭނުންމެއް ނޫން. ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކީގަ ތިޔައިން ކޮންމެ ލޮބުވެތި ރައްޔިތެއްގެ ޖީބަށް އޭގެ ޙަޤީގީ އިޙްސާސް، މުއްސަނދިކަން ދާއިމީގޮތެއްގެ ގެނެސްދިނުމުގެ ބޭނުމުގަ ވަރުގަދަ ބިންގަލެއް އަޅާ، އެބިންގާ މަތީގަ މި އިޤްތިޞާދު ބިނާކުރުމަށްޓަކާ.
އަޅުގަނޑަށްވެސް އިނގޭ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ފައިސާ ދެއްކުމުގަ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ކޮށްފަހުރި އެތައް މަސެއްކަތަކުން އެތައްހާސް މިލިއަން ރުފިޔާގެ ބިލްތައް އެހެރީ ނުދައްކަ ބަހައްޓާފަ ނޫންތޯ. އެވާހަކަ ތަކުރާރުކޮށް އަޅުގަނޑުމެން މި އަންނަނީ ދައްކަމުން. އެތައްހާސް ބިލިއަންރުފިޔާގެ ފައިސާ. އެބިލްތަކަށް އަޅުގަނޑުމެންނަށް ފައިސާ ދެވެމުން ދާވަރަކަށް އިޤްތިޞާދުތެރޭގަ އަނެއްކާވެސް ދިރުން އަންނާނީ، މިހާރަށްވުރެ ރަނގަޅުވެ އިޤްތިޞާދު ފުޅާވެ އަޅުގަނޑުމެންގެ ތެރޭގަ އާރޯކަން އަންނާނީ. އެ މަސެއްކަތް މިދަނީ މިދެންނެވި ހަރުދަނާ ބިންގާމަތީގަ ކުރަމުން. އިރާދުކުރެއްވިއްޔާ އަޅުގަނޑަށް ރައްޔިތުންނަށް ދެވޭނެ ޔަޤީންކަމަކީ، ދޭ ޔަޤީންކަމަކީ މި މަސެއްކަތް މިގޮތަށް ކޮށް މިއަހަރުގެ ނޮވެމްބަރު މަސް އަންނަންވާއިރަށް އަޅުގަނޑުމެންނަށް ވަރަށް އުއްމީދު އެބައޮތް އަޅުގަނޑުމެންގެ ފޮރިން ރިޒާވް، އަޅުގަނޑުމެންގެ ރިޒާވް ރަނގަޅުކޮށް އަޅުގަނޑުމެންގެ އިޤްތިޞާދަށް މިދެންނެވި ރަނގަޅު ކުރިއެރުންތައް ގެނެސްދީ މި ދެންނެވި ބިލްތަކަށް ރައްޔިތުންނަށް ފިނޭންސް މިނިސްޓްރީން ޕޭމަންޓްތައް ހަދާ ގިނަ މިކަހަލަ ޕޭމަންޓްތައް ލިބެން ހުރި ކުންފުނިތަކަށް، ކުދި މެދުފަންތީގެ ކުންފުނިތަކަށް ފައިސާތައް ދޭނަން. ދީ ނިންމާ ގިނަ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނަން ފައިސާ ޗާޕު ނުކޮށް.
އަޅުގަނޑުމެން މަސެއްކަތްކުރަނީ ހަރުދަނާ ޚާރިޖީ ސިޔާސަތެއްގެ ބިނަގަލުގެ މަތީގަ، މޯލްޑިވްސް ފަސްޓް ޕޮލިސީ، އަޅުގަނޑުމެންގެ ޤައުމު އިސްކޮށް އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފައިދާހުރި ގޮތް އަޅުގަނޑުމެން އިޚްތިޔާރު ކޮށް، އެގޮތުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ދޭނެ ހަމަ ކޮންމެ ޤައުމަކާ އެކީގަ އަޅުގަނޑުމެން މަސެއްކަތްކުރާނެ ގޮތުގެ އެ ޙާރިޖީ ސިޔާސަތު އެއީ އަޅުގަނޑުގެ އެންމެ ފުރަތަމަވެސް އިއުލާނު ކުރި ސިޔާސަތު. މެނިފެސްޓޯގަ ލިޔެފައޮތް ސިޔާސަތު، ޢަމަލު ކުރަމުންދާ ސިޔާސަތު. މާދަންވެސް ޢަމަލު ކުރާނެ ސިޔާސަތު. އެ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތުން އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް މާ ގިނަ
ދުވަސްތަކެއް ނުވެ ވަރަށް އުފާވެރިކަން ލިބިގެން އެބަދޭ. އެ މަންޒަރު އޮތީ ވަރަށް ގާތުގަ. އެހެންމަ މިކުރެވޭ މަސެއްކަތުގަ އަޅުގަނޑު ފުރިހަމަ ޔަޤީންކަން މިދެނީ ހިތުގެ އެންމެ ފުންމިނުން، ތެދުވެރިކަމާ އިޚްލާސްތެރިކަމާ އެކީގަ، ދިވެހި ކޮންމެ ލޮބުވެތި ރައްޔިތެއްގެ ކުރިމަތީގަ ހުރެގެން ކޮންމެ ލޮބުވެތި ރައްޔިތަކަށް، ހިތުގެ އެންމެ ފުންމިނުން ލޯތްބާ އިޙްތިރާމާ އެކީގަ، ޔަޤީންކަމާއެކީ ދަންނަވާ ވާހަކައެއް މީ ، މި މަސެއްކަތް މި ކުރަނީ މިކަމުގެ ނަތީޖާ ފުރިހަމަކަމާ އެކީގަ ވަރަށް އުފާވެރިކަމާއެކީގަ ތިބޭފުޅުންނާ ބައްދަލު ކުރާނެ ކަމުގެ ޔަޤީންކަން ދެމުން.
- ރައީސް ޑރ. މުޙައްމަދު މުޢީއްޒު ޕީއެންސީ ހައުސް ޖަލްސާގަ ދެއްކެވި ވާހަކަފުޅުން