ބައަކު މަލާމާތް ކުރިޔަސް 5 ވަޤުތު ނަމާދުކުރަން އިލްތިމާސްކުރާނަން! ޖެހިލުމެއް ނުވާނަން! އިން ޝާ ﷲ: ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 39ސ
ބައަކު މަލާމާތް ކުރިޔަސް 5 ވަޤުތު ނަމާދުކުރަން އިލްތިމާސްކުރާނަން! ޖެހިލުމެއް ނުވާނަން! އިން ޝާ ﷲ: ޑރ. މުޢިއްޒު

އަޅުގަނޑު، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ ދެކެނީ ވަރަށްބޮޑު އަމާނާތެއްގެ ގޮތުގަ. އަޅުގަނޑު ވެރިކަން ކުރަނީ ﷲއަށްޓަކާ. ﷲ އަޅުގަނޑަށް ރައްޔިތުން މެދުވެރިކޮށް ހަވާލު މިކުރީ ވަރަށް ވަރުގަދަ އަމާނާތެއް. އެކަލާންގެ އަންގަވާފައިވާ ގޮތަށް މާތްވެގެންވާ އިސްލާމްދީނުގެ ވަރުގަދަ އަސާސްތަކުގެ މަތީގަ އިސްލާމީ، އިސްލާމްދީނަށް ނަސްރުދޭ، އަޅުގަނޑުމެންގެ މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭ ރީތި ސިފަތައް މިތާ އަށަގަނެފައިވާ، އުޚުއްވަތްތެރި، އިސްލާމްވަންތަ އެކުވެރި މުޖުތަމައެއް ޤާއިމް ކުރެވިގެންދާ، އިސްލާމީ ދިވެހި ޤައުމެއްގެ ވެރިކަން ކުރުމުގެ އަމާނާތް. އެއީ އަޅުގަނޑު ޤަބޫލުކުރާ ހަމައަކީ.  

މިދިޔަ  9 މަސްދުވަހުގެ ތެރޭގަ ރާއްޖޭގަ އިސްލާމްދީނަށް ނަސްރުދިނުމަށްޓަކާ، މީގެ ކުރީގަ ދުވަހަކުވެސް ނުކުރާ ކަންތައްތަކެއް ކުރެވިފައިވާ ވާހަކަ ރައްޔިތުން އަޅުގަނޑަށް ފާހަގަމިކޮށްދެނީ. އަޅުގަނޑު ޖެހިލުމެއް ނުވޭ ރައްޔިތުން ކުރިމަތީގަ ޕޯޑިއަމްގައި ހުރެ 5 ވަޤުތު ނަމާދު ކުރާށޭ ދަންނަވާކަށް. މަލާމާތްވެސް ކުރޭ އަޅުގަނޑު އެވާހަކަ ދަންކާތީ އެބަޔަކު. އަދި އިތުރު ހިތްވަރެއް ލިބެނީ އެވާހަކަ ދައްކަން. އަޅުގަނޑު ފަޚުރުވެރިކަމާއެކީގަ ދެކެނީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޖެހޭނެ މިޤައުމުގަ އަޅުގަނޑުމެންގެ ތުއްތު ދަރިންނަކީ، އަޅުގަނޑުމެންގެ ދަރީން ބޮޑުވެގެން އަންނަނީ އިސްލާމްދީނުގެ މަތީގަކަން ޔަޤީންކުރުމަށްޓަކާ، އަޅުގަނޑުމެންގެ މި ޤައުމަކީ މިހާރުގެ މި ބަވަނަ ވެފައިވާ މި ދުނިޔޭގަ، މި ޖެހެމުންދާ ނުބައި އޮއިވަރުގެ ތެރޭގަ ނުޖެހި، ވަރަށް ނުބައި އޮއިވަރުތައް އެބަ ފެތުރޭނޫންތޯ؟ ހަމަ އެކަނަނި އިސްލާމީ ޤައުމުތަކަކަށް ނޫން މީގެން އަސަރު ކުރަނީކީއެއް. އެއްވެސް ދީނެއް އޮފިޝަލީ ނޯއްނަ ޤައުމުތަކުގަވެސް އެންމެން ކަންބޮޑުވާ އޮއިވަރުތައް އެބަ ފެތުރޭ. މި އޮއިވަރުތަކުގަ ނުޖެހި އަޅުގަނޑުމެންގެ ދަރީން ބޮޑުކޮށް، ކުރިއަށް ދެން އަންނަންއޮތް ޖީލިތަކަށްވެސް ކާބަފައިން އެތައް ޤުރުބާނީއެއް ވެގެން އެތައް ޖިހާދުތަކެއް ވެގެން ސަލާމަތްކުރި މި އިސްލާމީ ޤައުމު ވާރުތަކޮށްދިނުމަށްޓަކާ މަސެއްކަތް ކޮށްދިނުމަކީ އެއީ އަޅުގަނޑުމެންގެ ވިސްނުމަކަށް ވާންޖެހޭ. އެގޮތުގަ ފަޚުރުވެރިކަމާ އެކީގަ ކުރާ ވެރިކަމެއް އަޅުގަނޑު މި ކުރަނީ. ރައްޔިތުން އަޅުގަނޑާ އެ އަމާނާތް ހަވާލު ކުރީމަ ރައްޔިތުންނަށްޓަކާ ﷲ އަޅުގަނޑުމެންނަށް އެންގެވިގޮތުގަ އެ މަސެއްކަތް ކުރަނީ، 

އެހެންވީމަ އަޅުގަނޑު ލަދެއް ނުގަނޭ، ޖެހިލުމެއް ނުވޭ. ދެން އިހަކަށްދުހުކު، މީދެން ވަރަށް ހެއްވާ ކަމެކޭވެސް ދެންނެވިދާނެ މިތާ ކައިރިގަ ހުރި ކޮންމެވެސް ޖަގަހައެއްގަ، މީގެ ކުރިން އިނގިރޭސި ވިލާތުގައި ކިޔަވަން ހުރި އިރުގަ ނަގާފަ އިން ފޮޓޮއެއް ދާއްކާފަ، ސާބިތު ހެކިކަމަށް އަޅުގަނޑު މި ލާދިނީ މީހެއްކަމަށް. މިހާރު ސިޔާސީ މައިދާނުގަ އަޅުގަނޑަށް މި ފެންނަނީ އަޅުގަނޑަށް މިއޮއް ހުރިހާ ދުވަހުވެސް ފެނުނު މަންޒަރު، ދޮގު، ދޮގު، ދޮގު. ދޮގުހެދުން، އިންތިހާއަށް ދޮގުހެދުން، އަދިވެސް އިތުރަށް ދޮގުހެދުން، އެ ދޮގުން ސަލާމާތްވާންވެސް ދޮގު ހެދުން. ދެން އިތުރު ކަމެއް ނެތް. އަޅުގަނޑު އޭގެ ބަދަލުގަ ހަދަނީ ތެދު، ޖަވާބު ދެނީވެސް ތެދުން. ރައްޔިތުން ޤަބޫލު ކުރަނީ ތެދު، އެކަން ވޯޓުން ފެންނާން އެބައޮތް. އެ ފޮޓޯގެ ތަފްޞީލް އަޅުގަނޑު ދޭން ބޭނުން.  

އެއީ އަޅުގަނޑުގެ އެ ފޮޓޯއިން ފެންނަ ބައެއް ބޭފުޅުން އަޅުގަނޑާ އެކީގަ އެބަ ތިއްބެވި، މިނިސްޓަރަކަށްވެސް އެބަ ހުންނެވި، ހައިދަރު، އަދި އޭގަ ތިއްބެވި ބައެއް ބޭފުޅުން އިނގިރޭސި ވލާތިގައާއި އެކި ތަންތާ އެބަތިއްބެވި. އަޅުގަނޑުމެން އެދުވަހު އެތަނަށް ދިޔައީ އޭރުގަ ފްރެންޑްސް އޮފް މޯލްޑިވްސް ކަންނޭންގެ ކިޔާ ޖަމިއްޔާއެއް އެ އިނގިރޭސި މީހާ ހަދާފައޮތް ޖަމިއްޔާއެއް އޭރުގެ  އެމް.ޑީ.ޕީ ގެ އިސްވެރިންނާ އެކީގަ. އެމީހުން ލާދީނީ ކަންތައްތައް ކުރާތީ އަޅުގަނޑުމެންގެ ޤައުމާ ނުގުޅޭ ވާހަކަ ދައްކާތީ ކޮންފްރޮންޓް ކުރަން ދިޔައީ. މީ ހެކިން ހައިދަރު، ޝާފިއު، އެތައްބައެއް އެހެރީ އެފޮޓޯގަ ފެންނަން. އަޅުގަނޑުމެން އެތާ ކޮންފްރޮންޓް ކުރީ އެބައްދަލުވުމުގަ. ސުވާލުތައް ކުރިމަތިކުރި. ކޮށް ނިންމާފަ ނުކުމެ ފޮޓޮއެއް ނަގަންހިނގާށޭ ބުނީމަ ދެން އަޅުގަނޑު ހުންނާނީވެސް ވަރަށް ދުރުގަ އޭނައާ، ފަހަތު ރޯގަ. އަޅުގަނޑު ހުންނާނެ ފޮޓޯގަ، ދެން ފޮޓޯއިން އެއްޗެސް ސާބިތު ވަންޏާ ވާންވީ. ޙަޤީގަތް އޮތީ އެކަމު މި ދެންނެވިގޮތަށް. އެއީ މިހާރު މިދެންނެވި މިސާލުން އެކަނި އެބަ ފުދޭ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެން ކުރިމަތީގައި ގޮތް ހުސްވެފަވާ މިންވަރު. އިތުރަށްވެސް ހަދަންޏާ ހަދަންޖެހޭނީ ދޮގު އަޅުގަނޑުމެންނާ ބެހޭގޮތުން. އަޅުގަނޑުމެން ސާބިތުކަމާއެކީގަ އެދޮގުތައް ރައްޔިތުންނަށްޓަކާ ތެދު ބޭނުންކޮށްގެން ތެދު ބަހުން ސާބިތުކަމާ އެކީގަ ކިޔައިދެމުން ދާނަން. ދޮގުހެދުމުން އިންތިހާއަށް ދަނީ.

ދެން ދެއްކީ އަނެއްކާ އަނެއްވާހަކަ. އެމް.އެމް.ޕީ.އާރު.ސީ ގެ ފައިސާއިން އަޅުގަނޑަށް 14މިލިއަން ރުފިޔާ ލިބުނު ވާހަކަ. ތިބޭފުޅުން ބައްލަވާ އެވާހަކަ ވިދާޅުވުމާ ހަމައަށް އެމް.ޑީ.ޕީ ގެ ވެރިކަމުގެ ތެރޭގަ އެކި ފަހަރުމަތިން ބަދަލުކޮށްގެން ނެރުނު ލިސްޓްގަވެސް ސިޔާސީ ބޭފުޅުންގެ ތެރޭގަ ދެން ވިޔަފާރި ކުރުމާއި ޑޮލަރު މާރުކުރުމާއި އެކިއެކި ކަންކަމުގެތެރެއިންވިއަސް ހިމަނާފަވެސް ނެތް، ނޯއްނާނެ. އެކި ގޮތްގޮތަށް ބަދަލު ކުރިއަސް އަޅުގަނޑުގެ ނަމެއް ނެތެއްނޫންތޯ އެއަކު. އޭގަތިބި ގިނަ މީހުންނަކީ އެކަމުގަ ބައިވެރިވި މީހުންނެއް ނޫން. ވިޔަފާރި ކުރަން ޑޮލަރު މާރުކުރަންވީމަ ޑޮލަރުދޭ ބައެއްގެ އަތުން ޑޮލަރު މާރުކޮށްފަ ގިނަ ބޭފުޅުން އޮތީ. އެހެންވިޔަސް އެގޮތުންވެސް އަޅުގަނޑުގެ ނަމެއް ނެތް.  

ދެން މިއަދު ރިޕޯޓެއް ނެރުނީމަ، އަޅުގަނޑުވެސް ވަރަށް ހައިރާންވެއްޖެ މިވީ ކިހިނެއްތޯ ބަލަން. ދެން އަޅުގަނޑު ޕޮލިހުންނަށް ދަންނަވާފިން ބަލާލަދޭށޭ. ދެން އެބޭފުޅުން ބަލާފަ އަޅުގަނޑަށް އެބައޮތް ތަފްޞީލު ފޮނުވާފަ އެ ނެރުނު، އެރޭ އެބޭފުޅުން އެނެލައިސްކުރި ރިޕޯޓް ނޫނިއްޔާ އެ ޑޮކިއުމަންޓް. އޭގަ ހުރި ފޭކް ފޯޖުތައް އެބޭފުޅުން ދެއްކެވި، ޕޮލިސް ރިޕޯރޓްގަ އެބައޮތް. ޕޮލިހުން އެބައޮތް ބަޔާނެއް ނެރެފަ ހަޤީގަތާ ޚިލާފު އެއްޗެއް ދައްކައިގެން ކަން އަޅުގަނޑު މި އެމް.އެމް.ޕީ.އާރު.ސީ ގެ ފައިސާގަ ޖެހުނުކަން ސާބިތު ކުރަން. ސާބިތު ހެކިގޮތުގަ ދެއްކީ. ދެން މި ސާބިތުވީ ކޯންޗެއްތޯ އެބަޖެހޭނު ބަލަން މިހާރު. އެހެންމަ މިކަހަލަ ގޮތަކަށް މިކަންކަން މިއޮތީ. އެހެންމަ އަޅުގަނޑަކަށް ނޭންގެ ހިތްވަރު ދޭންވީ ކޮން، ގައިމުވެސް ދޮގުހަދަން ހިތްވަރު ދޭކަށް ބޭނުމެއް ނޫން އަޅުގަނޑެއް، އެއްގޮތަކަށްވެސް. އަޅުގަޑު ހިތްވަދޭން ބޭނުންވަނީ ޒިންމާދާރު ވާން. ޒިންމާދާރުވާން އެބަޖެހޭ. މީ ޑިމޮކްރެސީއެއް. ޑިމޮކްރެސީއެއްގަ ޒިންމާދާރު އޮޕޮޒިޝަން އެއް އޮންނަންޖެހޭ.

 

- ރައީސް ޑރ. މުޙައްމަދު މުޢީއްޒު ޕީއެންސީ ހައުސް ޖަލްސާގަ ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން