ގޮންޖެހުންތަކާ ކުރިމަތިލައިގެން ކުރިއަށްދާނެ މީހަކަށް ވުމަށް ރައީސް އިލްތިމާސްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ގޮންޖެހުންތަކާ ކުރިމަތިލައިގެން ކުރިއަށްދާނެ މީހަކަށް ވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލައިގެން ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ ޢަޒުމުގައި ކުރިއަށްދާނެ މީހަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު މަޖީދިއްޔާ ސްކޫލްގެ "ސައްތަވީ ބިނާ" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކޮންމެ މީހެއްގެ ހަނދާނުގައިވެސް ބަހައްޓަންވީކަމަކީ، ހިންމަތާއި ވަރުގަދަ ޢަޒުމެއްގައި ކުރާ ކޮންމެ މަސައްކަތެއް ކާމިޔާބުވާނެކަމެވެ. އަދި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ދަތި އުނދަގޫ އެއްވެސް ކަމެއް ނޯންނާނެކަމަށާއި، އެޢަޒުމުގައި މަސައްކަތްކޮށްފިނަމަ ކާމިޔާބީ ޔަޤީންވާނެކަމަށް ވިދާޅުވިއެވެ.

"އެ ޢަޒުމްގައި މަސައްކަތްކޮށްފިނަމަ އިރާދަކުރެއްވިއްޔާ ކާމިޔަބީއަކީ ޔަޤީންކަމެއް. އެއީ ހަޔާތުގެ ކޮންމެކަމެއްވިޔަސް، ކިޔަވަމުންދާ ދަރިވަރުން ކިޔެވުމުން ރަނގަޅު ނަތީހޯދުންކަމަށްވިޔަސް، ޤައުމު ބިނާކުރުމުގައި ޤައުމަށް ބޭނުންވާ ކަންކަން ހާސިލްކުރުމުގައިކަމަށްވިޔަސް ތިމާގެ ހަޔާތުގައި ކުރަމުންދާ މަސައްކަތުގައި އާމްދަނީ ހޯދުމަށްކުރާ މަސައްކަތުގައި ވަޒީފާގައި ކުރިއަށްދިއުންކަމަށްވިޔަސް ވަރުގަދަ އަޒުމެއްގައި ބުރަ މަސައްކަތްކޮށްފިއްޔާ ކާމިޔާބީ ހާސިލްވާނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ވާހަކަފުޅުން ދިވެހި ރައްޔިތުންނަށް ހިތްވަރު ލިބި، ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބާރުލިބިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން