ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މުދަލު ޒަކާތަށް ޚާއްސަ ދަރުހެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މުދަލު ޒަކާތަށް ޚާއްސަ ދަރުހެއް ބާއްވަނީ

މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނ8 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ ރޭ 20:30 ން 22:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ޒަކާތު ދަރުސް ދެއްވާނީ، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ. ދަރުހުގެ މައުޟޫޢުއެއްކަމަށް ކަނޑައަޅާފައިވަނީ "ޒަކާތް: މުދާ ޠާހިރުކޮށް ބަރަކާތް އިތުރުކޮށްދޭ" މި މައުޟޫޢުއަށެވެ. މި ދަރުހުގެ ޒަކާތުގެ ޙުކުމްތަކާއި، އިސްލާމީ ހަޟާރާތު ފެށިގެން އައި އިރު ޒަކާތުގެ ނިޒާމް އަދާކުރި ދައުރާއި، ޒަކާތުގެ ނިޒާމުން އިޤްތިޞާދަށް ކުރާ ފައިދާތަކަށް އަލި އަޅުވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަކާތް ނެރުން ވާޖިބުވާ މުދަލުގެ ބާވަތްތަކާއި ނެރެންޖެހޭގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ޒަކާތާ ގުޅޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގަމުންދާ "ޒަކާތު އެވެއަރނަސް ޕްރޮގްރާމް" ގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް ދަރިވަރުން އަދި ޢާންމު ފަރުދުންނަށް މަޢުލޫމާތު ސެޝަންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. 

ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ޒަކާތު ހައުސް އިފްތިތާޙު ކުރެވުނުފަހުން ޒަކާތަށް އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

 

މިއަދު އޮންލައިން