ނައިބު ރައީސް ކުރީގެ ވެރިންނަށް: އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއް ކަމަށް ނުދެކޭށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނައިބު ރައީސް ކުރީގެ ވެރިންނަށް: އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއް ކަމަށް ނުދެކޭށެވެ!

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ކުރީގެ ވެރިންނަށް ނަސޭހަތްތެރިވެވަޑައިގެން، އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކުމަށް އިލްތިމާސް ކުރައްވައިފިއެވެ.

އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ "ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް" ކަމަށެވެ. އަދި އެއީ ދުނިޔޭގެ އާދަ ކަމަށާއި، އެ ލިބުނު ވަގުތަށް އިހުތިރާމުކޮށް ޝުކުރުވެރިވުމުން ލިބޭ ގަދަރާއި އުފާވެރިކަން މާ ރަނގަޅު ކަމަށް އެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

"އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކޭށެވެ،" މިހެން ނައިބު ރައީސް އެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މިއަދު އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ، އެ މެސެޖަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުންނަށް ރައްދުކޮށް ދެއްވި މެސެޖެއް ކަމަށެވެ.

ނައިބު ރައީސްގެ މި ބަސްފުޅުތަކުން ދޭހަވަނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އެ މަޤާމުތަކުގެ މުއްދަތު ހަމަވުމުން، އެ މަޤާމުތައް ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާނެކަމާއި، އެއީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކުރުމުގެ ގޮތުން ކުރައްވަންޖެހޭ ކަމެއްކަމެވެ.

މިއަދު އޮންލައިން