ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި ހެދުމުގެ ސަބަބުން ތަފާތުކުރުން ނުގެންގުޅުމަށް ރައީސް އިލްތިމާސްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި ހެދުމުގެ ސަބަބުން ތަފާތުކުރުން ނުގެންގުޅުމަށް ރައީސް އިލްތިމާސްކުރައްވައިފި

އިސްލާމްދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، އެ މީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، މި ތަފާތުކުރުން ގެންގުޅޭގޮތަށް ކުރީގައި ހަދާފައިވާ އަދި މިހާރުވެސް ޢަމަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ މި މުޖުތަމަޢަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަމާތޯ!" އެވެ.

މި ނިންމެވުމަކީ ވަޒީފާގެ ދާއިރާގައި ހަމަހަމަކަން ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާގެ ބާޒާރުގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން