ޑިޕޮސިޓް ފައިސާއަށް ބަލާއިރުގަ އެނގިވަޑައިގަންނަވާނެ މީގެތެރޭގަވެސް އެބަހުރި ކުރީގެ އެކިއެކި އިދާރާތަކުގެ ތެރެއިން މިކަން ކުރަމުން އައިއިރުގަ ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފަ. މީގެ ތެރޭގަ އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ރާއްޖޭގަ ހުރި މީހަކު އޭނަ ފުރައިފިކަމަށް ރިޕޯރޓްކޮށްފަ، އެއީ ސިސްޓަމްތެރޭ، އެކަން ކުރެވޭނޭ އިދާރާތަކުގަ ތިބޭ ރަސްމީ މުވައްޒަފުންނަށް. އޭނަ ސިސްޓަމުން ފުރައިފި ކަމަށް ދައްކާފަ، އޭނަގެ ޑިޕޮޒިޓް ފައިސާ ނަގާފައެބަހުރި. ރޭވިގެން ހިންގާ ޖަރީމާއެއްގެ ގޮތުގަ މިކަންވެސް ކުރެވިފަ.
އަޅުގަނޑުމެން މިހާރު އެތެރޭގަ ކުރަމުންދާ ތަހުޤީގުތަކެއް މި ތަހުޤީހުތަކަކީ. އެހެންމަ މީގެތެރެއިން ވަކި ދިމާލެއް ނޫން. އެކި ދިމަދިމާލުން އެބައޮތް އިހުމާލުތަކެއް ވެފަ. މީގެ ސަބަބުން ސިސްޓަމަށް މިހާރު އައިއްސަ އޮތް ހުރިހާ ހުރަސްތަކެއް އައިއްސަ މިއޮތީ. ޑިޕޮސިޓް ފައިސާވެސް ރަސްމީކޮށް އަޅުގަނޑުމެންނަށް ދޫކުރެވެން އަންނަނީ މި ދެންނެވި ހުރިހާކަމެއް ޔަޤީންކޮށް އެކައުންޓެބިލިޓީ އިސްޓެބްލިޝް ކޮށްފަ، އޮޑިޓް ކުރެވިފަ، ކާކުގެ ޑިޕޮޒިޓް ފައިސާއެއްތޯ ސިސްޓަމްގަ އިނީ އެ ދެއްކި ފާރާތަށްވެސް އަޅުގަނޑުމެންނަށްވެސް ކަށަވަރު ކުރެވިގެން. އަޅުގަނޑުމެން މިހާރު އެމަސެއްކަތް އެބަ ކުރަމުން ގެންދަން. އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އޭތިވެސް ނިންމާ ޑިޕޮސިޓްގެ ކަންތައްވެސް ކުރިން އޮންނަ އުސޫލުން ހަމަ މީހާ ފުރައިގެން ދިޔާމަ ޑިޕޮސިޓް އަލުން އަނބުރާ ލިބޭގޮތަށް ޕްރޮސެސް އަޅުގަނޑުމެން ކުރިއަށް ގެންދާނީ އިނގޭތޯ.
އެއަށްފަހުގަ ބައެއް ކަހަލަ މަސެއްކަތްތައް އެބަހުރި އެކަމަށް ކޯޓާދީފަ ބިދޭސީން ބޭނުންކުރަންޖެހޭ އެހެންނަމަވެސް މިވަގުތު އޮތް އުސޫލުގެތެރެއިން އެކަން ކުރެވޭނެ މަގެއް ނެތް. މިސާލަކަށް ރަސްމީ ހައިސިއްޔަތުން ރާއްޖޭގަ ވިޔަފާރިއެއް ގޮތަށް ހަމަ އެބަ ގެންދޭ ގާޑީއާ އޮޕަރޭޓް ކުރުން، ލޯކަލް މާރުކޭޓްގެ ގޮޅިތައް އޮޕަރޭޓް ކުރުން، އެހެންނަމަވެސް މި އެއްޗިއްސަށް މިހާރު ކޯޓާއެއް ދުލެއް ނުކުރޭ. އަޅުގަނޑުމެން މި ޕްރޮސެސް އެބަ ރިވިއުކުރަން މިހާރު. ހާއްސަ އުސޫލެއްގެ ގޮތުން މިހާރު އެކަންތައް އެބަދޭ ކުރިއަށް. ހަމަ މީގެ އިރުން އޯޕަން ލޭބަރ ޕޫލްއެއް ރާއްޖޭގަ މެނޭޖްކުރެވޭނެ ގޮތެއް. އެއީ މިހާރު މިއޮތް ހެދިފަ އޮތް އުސޫލުގެ ތެރެއިން ކުޓެގަރީ-ސީ ގެ ލައިސެންސަކީ ލޭބަރ ސަޕްލައި ކުރާ އެޖެންސީތަކެއް އޮޕަރޭޓްކުރާނެ ހުއްދައެއް. މިއަށްވެސް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން.
މިސާލަކަށް މާލޭގަ މިހިރަ މިސްކިތްތަކުގެ ކަންމަތި ކަންމަތީގަ މިތިބޭ މީހުން އެމީހުންގެ ނީޑް ކޮންމެސް ވަރަކަށް އެބްއޮތް ރާއްޖޭގެ ލޭބަރ މާކެޓްތެރޭގަ. މާނައަކީ މިއަދު ތިބެލާފަ ގެއެއް ބަދަލުވާން 10 މީހުންގެ އެހިތެރިކަން ނުވަތަ މާދަމާ ގޭގަ ހުރި މުށިގަނޑެއް ބަދަލުކޮށްލަން ދެމީހަކު ބޭނުންވޭ، އެކަކު ބޭނުންވޭ.
މިވަރުގެ މަސެއްކަތްތައް ފަހަރެއްގަ ކޮންޓްރެކްޓް އުސޫލުން އެސްޓެބްލިޝްޑް ބޮޑެތި ބިލްޑާރސް އިންނާ ހަވާލެއް ނުކުރެވިދާނެ. އެހެންމަ ކޮންމެސް ގޮތަކުން ރީޓެއިލްކޮށް ލޭބާރ އެވެއިލޭބަލް ކުރެވޭނެ ގޮތެއް ހެދުމަކީ، އެއީ ނީޑް އެއް މިވަގުތު ރާއްޖޭގަ. އެހެންމަ އެވެސް ގަވައިދުގެ ތެރެއިން ކުރެވޭނެގޮތެއް އަޅުގަނޑު ވަރަށް އަވަހަށް ހޯދައިދޭނަން.
އޭގެ އިތުރަށް އަޅުގަނޑުމެން މިހާރު ހެދިފަ ހުރި ސެޓަޕްގެތެރޭގަ ތީން ބޭފުޅަކު ކަމަކަށް ބޭނުންވެގެން ފޯނު ކޮށްލައިފިއްޔާ ފޯނު ނަގަނީކީ އެކަން އެންމެ ރަނގަޅަށް ޓެކްނިކަލީ އެނގޭ ކުދިންނެއް ނޫން. އެހެންމަ އެވެސް މިހާރު ބަދަލުކޮށް އިރާދު ކުރެއްވިއްޔާ އަޅުގަނޑުމެން މިބަލަނީ އަންނަ ހަފްތާތެރޭގަ ތިބޭފުޅުންނަށް ގުޅާ ނަންބަރެއް، ދެން އެ ނަންބަރުން ނަގާ ކުއްޖާއަކީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމްގެ ތެރޭގަ ހިމެނޭ އެއަށް ޖަވާބުދާރީ ވެވޭ، ވަގުތުން ވަގުތަށް ހައްލު ދެވޭ ވަރުގެ ކުއްޖަކަށް ހެދޭތޯ. މިހާރު އަޅުގަނޑު ޤަބޫލުކުރަން ތިބޭފުޅުން ޗެޓް ކުރަމުން ކުރަމުން ގޮސް 5 މިނިޓް ފަހުން އެކުއްޖާ ބުނެފާނެ އީމެއިލް ކުރާށޭވެސް. އަނެއްކާ ފޯނު ކުރަމުން ކުރަމުން ގޮސް ވަކި ހިސާބަކުން ބުނެފާނެ އީމެއިލް ކުރާށޭވެސް. އެހެންމަ މީ ހަމަ ޤަބޫލުކުރާ، އަޅުގަނޑަށްވެސް އިނގޭ ހަމަ މީގެ ކުރިން އަޅުގަނޑާވެސް ދިމާވެފަހުރި އެތައް އެއްޗިއްސެއް މިތާތިބި މީހުންނާ ދިމާއަށް ކިޔާފަ ހުރި މައްސަލަތައް. އެހެންމަ މިހާރު މީގެ މި އެންޑަށް އައިސް އަޅުގަނޑުމެން ބަލާފަ ރިވިއު ކޮށްފަ މިހާރު ނަގާ އެއް ޑެސިޝަނަކީ މިތަނުން ފޯނު ނަގާ ކުއްޖާއަކީ އޭގެ ޓެކްނިކަލީ ނޯހައު އިނގޭ، އެއަށް ޖަވާބުދާރީ ވެވޭ، އެއަށް ހައްލެއް ދެވޭވަރު ކުއްޖެގޮތުގަ ހެދުން. މިހާރު އެ ޕްރޮސެސް އަޅުގަނޑުމެން އެބަ ގެންދަން، ހަފްތާއެއް ތެރޭ އެ ލޯންޗް ކުރެވޭތޯ ބަލާނަން.
އެހެންމަ މީ މިވަގުތައް ޖުމްލަކޮށް އަޅުގަނޑު ދައްކާލަން ހުރި ވާހަކަތަކަކީ. އަޅުގަނޑު ހަމަ ޔަޤީންކަން އަރުވަން ބޭނުން ތިބޭފުޅުންނަށް، އަޅުގަނޑު މި މައްސަލަ ހައްލު ކުރާނަން. ހަމަ އެއާއެކު ތިބޭފުޅުންނަށް އެދެވޭ ފަސޭހަ އަވަސްގޮތެއްގަ ލޭބަރ މާކެޓް އޮޕަރޭޓްކުރުމުގެ މެކޭނިޒަމް އަޅުގަނޑުމެން ޤާއިމް ކުށްދޭނަން އިނގޭތޯ. މިހާރު މިއޮތީ، ތަކުރާރުކޮށްލަން، މިހާރު މިއޮތީކީ އެންމެ ރަނގަޅަކަށް ނޫން މިކަންތައް. އުނދަގޫ ވިޔަފާރި ކުރަން ރާއްޖޭގަ ހާއްސަކޮށް ލޭބަރ ޕޫލްއަށް އެކްސެސް ކުރަން، ލޭބަރ ޑިމާންޑާ އެއްވަރަށް ސަޕްލައި
ނެތީތީވެ. އަދި ގެންނަ މީހާ ގެނައުމުގެ ޕްރޮސެސް އޮތްގޮތުން ހަމަ އުނދަގޫ. އެހެންމަ އެކަން ޤަބޫލުކުރާ ހާލު އެކަން އީޒްކޮށްދޭނެކަމުގެ ޔަޤީންކަންވެސް އަރުވަން އިނގޭތޯ.
- ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ އެހެނިހެން ފަރާތްތަކާއި ބައްދަލުކުރައްވައި މިނިސްޓްރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިހްޞާންގެ ވާހަކަފުޅުން