ފުރަތަމަ މިކުރަނީ ޤަވާޢިދާ ޚިލާފަށް ތިބި ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް!: އިޙްޞާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ފުރަތަމަ މިކުރަނީ ޤަވާޢިދާ ޚިލާފަށް ތިބި ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް!: އިޙްޞާން

ދެވަނަ ކަމަކީ އަޅުގަނޑުމެން ކުރިއަށް އޮތްތާންގަ ވަރަށް އަވަހަށް ހުޅުވާލާނަން މިކަމަށް، އެއީ ޤަވާއިދާ ޚިލާފުވެވިފަތިބި، އެއީ ޚާއްސަކޮށް ޑޮކިއުމެންޓްރީ ވައިސްކޮށް، މިސާލަކަށް އޭނަގެ ވިސާ ވައިލޭޝަނެއް ނޫނީ  ޥޯކްޕާމިޓްގެ ވައިލޭޝަނެއް، އެހެންނަމަވެސް އޭނައަކީ ޖިނާއީ އެއްވެސް ކުށަކަށް އަރައިގެންފަ ނުވާ މީހެއްކަމަށްވެއްޖެއްޔާ އަޅުގަނޑުމެންނަށް އޭނަ  ރެގިއުލަރައިޒް ކުރެވޭނެ މަގެއް ހޯދަދޭނަން.  

މިވަގުތު ވަޒީފާގެ ބާޒާރަށް ބޭނުންވާ އަދަދަށް ފަހަރެއްގަ މީހުން ސަޕްލައި ނެތުމަކީ އެކަށީގެންވާ ކަމެއް. ނުވަތަ ސަޕްލައި ނުކުރެވުމަކީ އެކަށީގެންވާކަމެއް. އަޅުގަނޑުމެން ބޯޑާ ކޮންޓްރޯލް ކޮށްގެން ތިބޭތީވެ. އެހެންނަމަވެސް ބޯޑާ މިވަގުތު ހިފަހައްޓައިގެން މި ތިބޭ ސަބަބަކީ އެތެރޭގައި މިތިބަ މީހުން ހަމައަކަށް އެޅެންދެން.  

އަޅުގަނޑު ޤަބޫލުކުރަން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ އަދަދަށް ނުވަތަ ޑިމާންޑާ އެއްވަރަކަށް މިވަގުތު ލޭބަރ ސަޕްލައިއެއް ނެތްކަން.  އަދި ލޭބާރ ސަޕްލައި އިތުރު ކުރާކަމަށް ވެއްޖެއްޔާ ރާއްޖޭގަ ލޯކަލީ އެ ލޭބަރ ސަޕްލައި ނެތްކަންވެސް ޤަބޫލުކުރަން. އޭގެ މާނައަކީ ބޭރުން އެތެރެ ކުރަންޖެހޭނެކަން އަޅުގަނޑު ޤަބޫލުކުރަން. އެހެންނަމަވެސް މިވަގުތު އެތެރޭގަ ހުރި މި ޕްރޮސެސްތައް އެލައިން ނުކޮށް އަޅުގަނޑުމެން ބޯޑަރ ހުޅުވައިފިއްޔާ މައްސަލައެއް އިތުރަށް ކޮންޓްރިބިއުޓް ކުރެވޭނެތީވެ އަޅުގަނޑުމެން ތަންކޮޅެއް މިވަގުތައް އުނދަގޫވިޔަސް ހިފަހައްޓައިގެން މި މަސެއްކަތް ކުރަނީ.

އަޅުގަނޑުމެން މިހާރު މި ކުރެވުނު މަސެއްކަތުގެ އަލީގަ، އަޅުގަނޑުމެން މި ގެންދަނީ މިހާރު އެތެރޭގަ މިތިބަ  ބިދޭސީންގެ ތެރެއިން ގަވައިދާ ޚިލާފަށް ތިބިމީހުން ގަވައިދުގެ ތެރެއަށް ގެނެވޭނެ މަގުތައް ހޯދަމުން. އެ މަގުތައް ހޯދި ރަސްމީކޮށް ހިނގައިގަންނަން ފެށީމަ އަޅުގަނޑުމެން ޕެރެލަލްކޮށް ބޯޑަރ ވެސް ހުޅުވާލާނަން.  

- ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ އެހެނިހެން ފަރާތްތަކާއި ބައްދަލުކުރައްވައި މިނިސްޓްރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ  ޢަލީ އިހްޞާންގެ ވާހަކަފުޅުން

މިއަދު އޮންލައިން