މަސައްކަތްކުރަން ރާއްޖެއަސް އަންނަ ބިދޭސީންގެ ވިސާގެ ވޯކްޕާމިޓްގެ މުއްދަތު ހަމަވިޔަސް،
ވޯކްޕާމިޓްގެ ދަށުން މަސައްކަތްކުރަންޖެހޭ ތަން ނޫން ތަނެއްގަ މަސެއްކަތް ކުރިޔަސް،
ވަކި އެމްޕްލޯޔަރ އެއްގެ ދަށުން އައިއްސަ މިހާރު އެތަން ދޫކޮށްލާފަ އެހެން އެމްޕްލޯޔަރެއްގެ ދަށުން މަސެއްކަތް ކުރަންޏާވެސް،
ވަކި ކަމަކަށް ރާއްޖެ އައިއްސަ އެހެން ކަމެއްއް ކުރަންޏާވެސް އެއޮތީ ޚިލާފުވެފައިކަމަށާއި މިއިން ކޮންމެ ކަމަކީވެސް ޤަވާއިދާ ޚިލާފު ކަންތައްތައް ކަމަށް މިނިސްޓްރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިހްޞާން ވިދާޅުވެއްޖެއެވެ.
އެންމެފުރަތަމަ ހަމަ އަޅުގަނޑު ދެތިން ބައެއް ޙަޤީގަތްތައް ފާހަގަ ކޮށްލާނަން.
އެންމެ ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ ވަޒީފާގެ ބާޒާރުގަ މަސެއްކަތް ކުރައްވާ އެމްޕްލޯޔަރުން އެދޭގޮތަށް، އެބޭފުޅުން ބޭނުންވާގޮތަށް އަދި މިވަގުތު އަޅުގަނޑުމެންނަށް ނިންމައެއް ނުދެވުނު. އެކަން އަޅުގަނޑު ފުރަތަމަ ޤަބޫލުކުރަން. ޚިދުމަތްތައް ލަސްކަން އަޅުގަނޑު ފާހަގަކުރަން. ޚިދުމަތްތަކަށް އެދޭއިރުގަ ބައެއް ކަންކަން ސާފު ނުވެ، ބައެއް ކަންކަން ސާފުކުރައްވަން ކުރައްވާ މަސައްކަތަށް ޖަވާބު ދިނުމަށް ލަސްތަކެއް އުޅޭކަންވެސް ފާހަގަ ކުރަން. ހަމައެއާއެކު، ސިސްޓަމްތެރޭން ނެވިގޭޓް ކުރުމުގަ ބައެއް ފަރާތްތަކަށް އެންމެ ފަސޭހައިން މިކަން ކުރެވޭނެ ގޮތްތައް ހޯދުން އެވެސް އަދި އުނދަގުލެއްކަންވެސް ފާހަގަކުރަން.
މިކަންކަން ފާހަގަ ކުރާހާލު އަޅުގަނޑު ސަރުކާރު ފަރާތުން ބައެއްކަހަލަ ސިޔާސަތުތައް މިހާރު މި ޢަމަލުކުރަމުން ދާގޮތް ފާހަގަ ކޮށްލާނަން.
ފުރަތަމަކަމަކީ އަދުގެ ސަރުކާރު އަޅުގަނޑުމެން ހަވާލުވުމާ ހިސާބުން ފެށިގެން އަޅުގަނޑުމެން އެއަކަމަކަށް ޢަޒުމް ހިފާފައޮތް ކަމަކީ ރާއްޖޭގަ މި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ދާއިމަށް އަޅުގަނޑުމެން ހައްލު ކުރާނަން. މީގަ ޤަވާއިދާ ޚިލާފަށް އުޅުމަކީ ކޮބައިކަމަށް ބަލާއިރުގަ ވިސާއެއްގެ ވަކި އުސޫލެއްގެ ގޮތުން ރާއްޖެ އެތެރެވާމީހަކު އެ ވިސާއާ ޚިލާފުވާ ހިސާބުން އޭނާއަކީ ޤަވާއިދާ ޚިލާފަށް އުޅޭމީހެއްކަމަށް އަޅުގަނޑުމެން މި ބަލަނީ. މާނައަކީ އޭނަގެ ވިސާގެ ވޯކްޕާމިޓްގެ މުއްދަތު ހަމަވިއަސް އެއޮތީ ޤަވާއިދާ ޚިލާފުވެފަ. ވޯކްޕާމިޓްގެ ދަށުން މަސައްކަތްކުރަންޖެހޭ ތަން ނޫން ތަނެއްގަ މަސެއްކަތް ކުރިއަސް އެއޮތީ ޚިލާފުވެފަ. އޭނަ ވަކި އެމްޕްލޯޔަރ އެއްގެ ދަށުން އައިއްސަ މިހާރު އެތަން ދޫކޮށްލާފަ އެހެން އެމްޕްލޯޔަރެއްގެ ދަށުން މަސެއްކަތް ކުރަންޏާވެސް އެއޮތީ ޚިލާފުވެފަ. އޭނަ ވަކި ކަމަކަށް ރާއްޖެ އައިއްސަ އެހެން ކަމެއްއް ކުރަންޏާވެސް އެއޮތީ ޚިލާފުވެފަ. މީ ހައްތާވެސް ޤަވާއިދާ ޚިލާފު ކަންތައްތައް.
ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ އެހެނިހެން ފަރާތްތަކާއި ބައްދަލުކުރައްވައި މިނިސްޓްރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިހްޞާންގެ ވާހަކަފުޅުން