ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ޕްރޮފެޝަނަލް ނިންމުންތަކެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ޕްރޮފެޝަނަލް ނިންމުންތަކެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ޕްރޮފެޝަނަލް ނިންމުންތަކެއް ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިއަހަރުގެ ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ އަދި ޕްރޮފެޝަނަލް ނިންމުންތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ތަޢުލީމީ ފަރާތްތަކާއި، ދިރާސާކުރާ ފަރާތްތަކާއި، ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި، ޕްރައިވެޓް ސެކްޓަރާއި އަދި ޢާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ތަރައްޤީގެ މޮޑެލް މި މުޖުތަމަޢަށް ފެތޭތޯ ބެލުމާއި، މުސްތަޤުބަލުގެ ތަސައްވުރު އަދި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ދިރާސާކުރުމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަޤުބަލެއް ބިނާކުރުމަށް ޤައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް ކުރެވޭ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރިސާޗް ކުރިއެރުވުމަށް ދެއްވާ އިސްކަންވެސް ފާހަގަ ކުރައްވާފައެވެ.

މިއަދު އޮންލައިން