ރައީސް ޑރ.މުޢިއްޒު،, ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ރައީސް ޑރ.މުޢިއްޒު،, ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ

ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ލުއިސް ރުޑޮފް އަބިނާދަރ ކޮރޯނާ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ދެވަނަ ފަހަރަށް އެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވުމުން އެޤައުމަށް ތަރައްޤީއާ ފާގަތިކަން ހޯދައިދިނުމަށް އެމަނިކުފާނުގެ ލީޑަރޝިޕުގެ ދަށުން ކުރައްވާ މަސައްކަތްތަކަށް އެޤައުމުގެ ރައްޔިތުން ކުރާ އިތުބާރު ފެނިގެންދާކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްޖޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން އަދި އެ ޤައުމުގެ ރައްޔިތުންނަށް ސުލްޙަވެރިކަމާ ކުރިއެރުން ލިބިގެންދިއުމަށް އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން